ބޮލީވުޑް

ނަރްގިސް އިނީ ބަލިވެ ކަމަށް ބުނުމުން ރުޅިގަދަވެއްޖެ

ބަތަލާ ނަރްގިސް ފަޚްރީ އިނީ ބަލިވެ ކަމަށް އިންޑިއާގެ ނޫހަކުން ބުނުމުން އެކަމާ އޭނާ ރުޅިގަދަވެއްޖެ އެވެ.

"ދަ ލައިވް މިރަ" އިން ގެނެސްދިން ހަބަރާ ގުޅިގެން ރުޅިގަދަވެ، އެ ހަބަރު ނޫހުން ނެގުމަށް ވެސް އެނާ ވަނީ އެދިފައެވެ. އެ ނޫހުހައި، ނަރުގިސް އިނީ ލޯބިވެރިޔާ މެޓް އެލަންޒޯގެ ދަރިއަކަށް ބަލިވެ ކަމަށް ބުނެ ނޫސްވެރިޔާ އޮމައިރު އިގްބާލް ލިޔެފައިވާ ލިޔުމަށް ނަރްގިސް ވަނީ ރައްދު ދީފައެވެ. އަދި ހަބަރު ލިޔުނު ނޫސްވެރިޔާ އޭނާގެ އަބުރަށްވެސް އަރައިގަނެ ތެދު ދޮގު ނުބަލާ ހަބަރު ޖެހީ ކަމަށް ވެސް ބުންޏެވެ.

ފިލްމު "ރޮކްސްޓާ" އިން 2011 ގައި ރަންބީރު ކަޕޫރާއެކު ބޮލީވުޑަށް ތައާރަފުވި ނަރުގިސް ބުނީ ނޫސްވެރިޔާ ވަނީ އެ ފޮޓޯ އަށް ބެލުމަށްފަހު އޭނާގެ ސިފަ އަށް ވެސް ފާޑު ކިޔާފައި ކަމަށާއި އެ ފޮޓޯގައި ތަންކޮޅެއް ފަލަހެން ހުއްޓަސް އޭނާ އިނީ ބަލިވެ ނޫން ކަމަށެވެ. މީހެއްގެ ސިއްހީ ހާލަތާ ދޭތެރޭ ނުވިސްނައި ނޫހުން ޚަބަރު ގެނައީ ކަމަށް ނަރްގިސް ބުންޏެވެ.

ބޮލީވުޑްގެ ފިލްމުތަކުގައި މަދުން ނަމަވެސް ފެންނަ ތަރި، ނަރްގިސް ދިރި އުޅެނީ އޭނާގެ އުފަން ރަށް އެމެރިކާގަ އެވެ. ނަރުގިސް މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ މެޓްއަކީ އެމެރިކާ އަށް ނިސްބަތްވާ ފަންނާނެކެވެ. އިންޑިއާގެ ނޫހުން މި ހަބަރު ފަތުރާފައި ވަނީ، ނަރްގިސް ލީޑް ރޯލުން ފެންނަ، މި މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރާ ބިރުވެރި ފިލްމު "އަމާވަސް"ގެ ޕްރޮމޯޝަނަށް އިންޑިއާއަށް އައިސް އުޅެނިކޮށް ނަގާފައިވާ ފޮޓޯ އަކަށް ބެލުމަށްފަހު އެވެ.