ރައީސް މުހައްމަދު ނަޝީދު

އަޅުގަނޑު ހުންނަ މަޖިލީހެއްގައި ވައްކަން ކުރަން ލާހިކެއް ނޫން: ނަޝީދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ހުންނަވާނެ ކަމަށާއި މަޖިލީހުގައި އެ މަނިކުފާނު އިންނަހާ ހިނދަކު ވައްކަން ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީެ ފަރާތުން މަޖިލިސް ޕްރައިމަރީގައި ވާދަކުރާ އަހުމަދް ހައިތަމްގެެ ކެމްޕޭން ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، 2019 ވަނަ އަހަރުގެ މަޖިލީހަކީ ރައްޔިތުންގެ ފައިސާ ރައްކާތެރިކޮށް ދިނުމުގެ އިތުރުން މިނިވަން މުއައްސަސާތަށް ޖަވާބު ދާރީ ކުރުވާނެ މަޖިލިސް އަކަށް ވެގެންދާނެ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މަޖިލިސް ވެގެންދާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުތަށް ފުއްދައިދޭ މަޖިލިސްއަކަށް ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، 2019ވަނަ އަހަރުގެ މަޖިލީހަކީ ރައްޔިތުންގެ އުއްމީދުތަށް ހަގީގަތަކަށް ހަދަން ރައްޔިތުންދޭ ވޯޓެއް ކަމަށެވެ. އަދި އަންނަ އަހަރުގެ މަޖިލީސް ތަފާތުވާނީ އެ މަނިކުފާނު މަޖިލިސްް މެމްބަރެއްގެ ގޮތުގައި ހުންނަވާނެތީ ކަމަށެވެ. އަދި އެ މަނިކުފާނު ހުންނަށް މަޖިލިސް އެއްގައި ރައްޔިތުންނަށް އޮޅުވާނުލެވުމުގެ އިތުރުން އެމަނިކުފާނު ހުންނަވާ މަޖިލިސް ފެނިގެން ދާނީ، ރައްޔިތުން މި ހުރިހާ ޒަމާނު އުންމީދު ކުރި ކަހަލަ މަޖިލީހަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އެ މަޖީލިހުގާ ރައްޔިތުންްގެ ފައިސާ ރައްކާތެރިކޮށްދޭނެ، އެ މަޖިލީހުގައި މިނިވަން މުއައްސަސާތަށް ޖަވާބު ކުރެވިގެންދާނެ، އެ މަޖިލިސް ވެގެންދާނީ ރާއީސް ސޯލިހުގެ ވައުދުތަށް ފުއްދައިދެމުންދާ މަޖިލިސްއަކަށް، ހަގީފަތުގައި އެ މަޖިލިސް ވެގެންދާނީ ތިޔަ ރައްޔިތުން އުއްމީދު ކުރައްވާ މަޖިލިސް އަށް،" ނަޝީދު ވިދާޅުވި އެވެ. "އަންނަ އަހަރުގެ މަޖިލިސްގައި ރައްޔިތުންގެ ފައިސާއިން ވައްކަން ކުރާނެ ވަގުންތަށް ނުތިބޭނެ. މަޖިލިސް މެމްބަރުން ވެގެންދާނީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ރައްޔިތުންގެ ހާލު އަހުވާލު، އަދި ރައްޔިތުންގެ ކަންބޮނޑުވުންތަކާ ޝަކުވާތަކުގެ އަޑު އައްސަވާނެ މެމްބަރުންތަކެއް ތިބޭނެ މަޖިލިސް އަކަށް،"

އެމަނިކުފާނު ވިދާޅުވީ، މަޖިލީހުގައި ކަންތައް ނިންމަން ބަލާނީ ހަމައެކަނި ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި އަންނަށް އަހަރުގެ މަޖިލިސްގައި ލަދެއް ހަޔާތެއް ނެތި ފައިސާ ގޯނީގެ ވާހަކަ ދެއްކުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.