ހުޅުމާލޭގައި މާރާމާރީއެއް ހިނގައި ޒުވާނަކު ޒަހަމްކޮށްލައިފި އެވެ. މި މާރާމާރީ ހިނގާފައިވަނީ މެންދުރުގެ ވަގުތުގަ އެވެ.
ފުލުހަށް ވަނީ އެ މާރާމާރީގެ ރިޕޯޓްކޮށްފަ އެވެ. އެކަމަކު އަދި ތަފްސީލެއް ނުލިބެ އެވެ.
ޒަހަމްވި ޒުވާނާއަށް ހުޅުމާލެ ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނި ގޮތުގައި އެ ޒުވާނާއަށް ފަރުވާ ދެމުން އަންނައިރު އޭނާއަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އެއީ ރަތަފަންދޫއަށް ނިސްބަތްވާ ޒުވާނެކެެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ޒުވާނާއަށް ހަމަލާދީފައިވަނީ ގުރޫޕަކުންނެވެ.
ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި ޒަހަމްތަކާއެކު ގެނައި އިތުރު މީހަކަށް ވެސް އެ ހޮސްޕިޓަލްގައި މިވަގުތު ދަނީ ފަރުވާ ދެމުންނެވެ. އެއީ އައްޑޫ ސިޓީއަށް ނިސްބަތްވާ 17 އަހަރުގެ ޒުވާނެކެވެ. އޭނާ ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ.