ހަބަރު

މޯލްޑިވްސް އިންޓަނޭޝަަނަލް އެޑިއުކޭޝަން އެކްސްޕޯ އަންނަ މަހު

Jan 17, 2019

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އެޑިއުކޭޝަން ފެއާ ކަމަށްވާ، މޯލްޑިވްސް އިންޓަނޭޝަަނަލް އެންޑް ކެރިއަ އެކްސްޕޯ އަންނަ މަހު ބާއްވަން ނިންމައިިފި އެވެ.

މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އާއި އަސަރީ ސާވިސް ގުޅިގެން އަންނަ މަހު 14 އިން 16 އަށް ދަރުބާރުގޭގައި ބާއްވާ މި ފެއާގައި ބޭރުގެ އަށް ގައުމެއްގެ ކޮލެޖުތަކާއި ޔުނިވާސިޓީތަކާއި ރާއްޖޭގައި މަތީ ތައުލީމުދޭ ހުރިހާ ތަންތަނަކުން ބައިވެރިވާނެ އެވެ.

ބާއްވަމުން އަންނަތާ ހަތަރު އަހަރުވެފައިވާ މި ފެއާ މި އަހަރުވެސް ބާއްވަނީ ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯސިއޭޝަން އާއި މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަން އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެއްބާރުލުމާވެސް އެކު އެވެ.

500 އަށްވުރެ ގިނަ ކޯސް

މި އަހަރުގެ ފެއާގައި ވަޒީފާގެ ފުރުސަތާއި މަތީ ތައުލީމުގެ ފުރުސަތުތަކުގެ އިތުރުން ކެރިއަ ގައިޑެންސް ދިނުން އޮންނާނެ އެވެ.

އަސަރީ ސާވިސް އިން ބުނި ގޮތުގައު މި އަހަރުވެސް 40 އަށްވުރެ ގިނަ ތައުލީމީ އިންސްޓިޓިއުޓުން 500 އަށްވުރެ ގިނަ ކޯސްތައް ހުށަހަޅާނެ އެވެ.

ވަޒީފާގެ ހާއްސަ ފުރުސަތުތަކެއް

މި އަހަރުގެ ފެއާ ކުރިއަށްދާއިރު، ޓޫރިޒަމް ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާބެހޭ ގޮތުން ހާއްސަ ސެމިނާތައް ކުރިއަށްދާނެ އެވެ. މި ސެމިނާތަކުގައި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އެވޯޑް ވިނިން ހަތަރު ޝެފަކު މައުލޫމާތު ދެއްވާނެ އެވެ. އަދި އިމާރާތް ކުރުމުގެ ދާއިރާ އާއި ސިއްހީ ދާއިރާ އަދި މީޑިއާގައި ހުރި ފުރުސަތު ތަކުގެ މައުލޫމާތު ދޭނެ އެވެ.