ހަބަރު

ހުޅުމާލޭގައި މަރުވި އަންހެން ކުއްޖާގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

Jan 17, 2019
1

ހުޅުމާލޭގައި މިދިޔަ ހޮނިހިރު ދުވަހު ކުއްލި ގޮތަކަށް އަންހެނަކު މަރުވި މައްސަލައާ ގުޅިގެން ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ.

ހުޅުމާލޭ މުރަކަ 7، އާއިޝަތު ވިޝާމާ މަރުވި މައްސަލައިގައި ފުލުހުން ބުނީ، އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުން އަންނާތީ ހައްޔަރު ކުރި މީހާގެ އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.

އެ އަންހެން މީހާގެ މަރާ ގުޅިގެން ތަފާތު ވާހަކަތައް ދެކެވެ އެވެ. އެހެން ނަމަވެސް އާއިލާއިން އެ ވާހަކަތައް މީގެ ކުރިން ދޮގުކޮށްފައިވެ އެވެ. އެ އަންހެން ކުއްޖާ މަރުވީ އަމީން އެވެނިއުގެ އެޕާޓްމަންޓެއްގައި ރަށްޓެހިންތަކަކާ އެކު އުޅެނިކޮށެވެ. އޭނާއާ އެކު ތިބި ރަށްޓެހިން އަންހެން ކުއްޖާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައީ ފިޓް ޖެހުނު ކަމަށް ބުނެ އެވެ. ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލަށް އެ ކުއްޖާ ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ.