ހަބަރު

ސިކުންގެ މީހަކު ތުނބުޅިއާއެކު ވަޒީފާއަށް ނެރުމުން ދިވެހިން ރަތަށް

Jan 17, 2019
20

މުވައްޒަފުން ތުނބުޅި ބެހެއްޓުން މަނާ، ފޯ ސީޒަން ކުޑަހުރާގައި މަސައްކަތް ކުރާ ބޭރު މީހަކު ތުނބުޅިއާއެކު ވަޒީފާއަށް ނުކުތުމުން އެ ރިސޯޓުގެ ދިވެހި މުވައްޒަފުން އިހުތިޖާޖެއް ކޮށްފި އެވެ.

ރިސޯޓުގެ ދިވެހި ބައެއް މުވައްޒަފުން ބުނީ ތުނބުޅި ބަހައްޓައިގެން ވަޒީފާއަށް ނުކުތީ އިންޑިއާގެ ސިކުންގެ މީހެއް ކަމަށާއި އޭނާއަކީ ޝެފެއް ކަމަށެވެ. އޭނާ ފޯސީޒަންގެ އެ ރިސޯޓްގެ ވަޒީފާއަށް ނުތީވެސް މިއަދު އެވެ.

އެ ރިސޯޓުގެ ގަވައިދު ބުނާ ގޮތުން މުވައްޒަފުން ތުނބުޅި ބެހެއްޓުން މަނަލެވެ. އަދި ޓެޓޫ ޖެހުން ވެސް މަނަލެވެ. ނަމަވެސް ދިވެހި މުވައްޒަފުން ބުނީ އިންޑިއާގެ އެ މީހާއަށް ހާއްސަ ހުއްދަ ދީގެން ދިވެހިން މުވައްޒަފުން މިއަދު އިހުތިޖާޖެއް ކުރުމުން އެ މީހާއަށް އެ ހުއްދަ ދީފައި ވަނީ އޭނާގެ ދީނީ ކަމެއް ކަމަށް ވާތީ ކަމަށް ރިސޯޓުން ބުނެފައިވާ ކަމަށެވެ. މީގެ އިތުރުން އިންޑިއާގެ އެ މީހާގެ އަތުގައި ޓެޓޫވެސް ޖަހާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މެނޭޖްމަންޓުން މިއަދު ވަނީ ދިވެހި މުވައްޒަފުންނާ ބައްދަލުވެސް ކޮށްފަ އެވެ.