ހަބަރު

ސަފާރީއެއްގައި އެއްޗެއް ގޮވާ ދިވެއްސަކާއި ބިދޭސީއަކު ފިހިއްޖެ

ސަފާރީއެއްގައި އެއްޗެއް ގޮވާ، ދިވެއްސަކާއި ބިދޭސީ މީހަކަށް ވަރަށް ބޮޑަށް ފިހިއްޖެ އެވެ.

ފުލުހުން ބުނީ މިއަދު 11:45 ގައި މީރު އައިލެންޑް ރިސޯޓު އެންޑް ސްޕާގެ ފަޅު ތެރޭ އޮތް އެ ރިސޯޓުގެ ސަފާރީއެއްގައި އެއްޗެއް ގޮވާފައިވާ ކަމަށާއި ދެ މީހަކު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށެވެ. އެ ހާދިސާގައި ފިހިފައި ވަނީ ދިވެއްސަކަށާއި ސްރީލަންކާއަށް ނިސްބަތްވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުންގެ މޫނާއި ބަނޑު ވަރަށް ބޮޑަށް ފިހިފައިވާާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ދެ މީހުންނަށް ފަރުވާ ދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލަށް ފޮނުވާލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާއެއްގައި އެއްވެސް ވަރަކަށް ރޯވެފައި ނުވާ ކަމަށާއި އަލިފާނެއް ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ގޮވާފާއި ވަނީ ކޮންއެއްޗެއް ކަމެއް ސާފެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.