ވިޔަފާރި

އެއްލައްކަ ރުފިޔާގެ ރެޑްވޭވް އަހަރީ ބާޒާރު ގުރުއަތު ނަގައިފި

އެއްލައްކަ ރުފިޔާގެ ރެޑްވޭވް އަހަރީ ބާޒާރު ޕްރޮމޯޝަންގެ ގުރުއަތު ނެގުން މިއަދު ބާއްވައިފި އެވެ.

ރެޑްވޭވް އިން މިދިޔަ އަހަރުގެ 15 ނޮވެމްބުން 2018 މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މި ސޭލް ކުރިއަށް ގެންގޮސްފައިވަނީ ރެޑްވޭވް ގެ ހުރިހާ ފިހާރައެއްގަ އެވެ.

އަހަރީ ބަޒާރުގެ ގުރުއަތު ނެގުމުގެ ގޮތުން މިއަދު ހުޅުމާލެ "ރެޑްވޭވް މެގަމޯލް" ގައި ބޭއްވި ރަސްމިއްޔާތުގައި ތިން ފަރާތެއް ހޮވާފައިވެ އެވެ. މިގޮތުން 3 ވަނަ އިނާމަށް ހުށަހެޅި 20،000ރ. ލިބުނީ އައިމިނަތް ސަލާމާ (ކޫޕަން ނަންބަރު 008871) އެވެ. އަދި 2 ވަނަ އިނާމަކަށް ހުށަހެޅި 30،000ރ. ލިބުނީ އަބްދުއްލާ މުއިއްޒު ފުއާދު (ކޫޕަން ނަންބަރު، 004542) އެވެ. އަދި މުބާރާތުގެ އެއްވަނަ އަށް ހުށަހެޅި 50،000ރ ލިބުނީ ޒާހިދާ (ކޫޕަން ނަންބަރު 009008) އަށެވެ.

ރެޑްވޭވް އިން މައުލޫމާތު ދެއްވާގޮތުގައި ރެޑްވޭވް އަހަރީ ބާޒާރު ވެގެންދިޔައީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުހީބު ލިބިގެންދިޔަ ޕްރޮމޯޝަނަކަށެވެ. ވުމާއިއެކު، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރެޑްވޭވް "ރޯދަ ސޭލް" ވެގެންދާނީ ކަސްޓަމަރުންނަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ވަރަށް ހެޔޮ އަގުގައި ލިއްބައިދޭނެ، އަދި ގިނަ އިނާމް ތަކެއް ލިބިގެންދާނެ ޕްރޮމޯޝަނެއް ކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވަ އެވެ.