ހަބަރު

ހިރިލަންދޫ ގެއަކުން ދެ ކަނޑި ހޯދައިފި

Jan 20, 2019

ތ. ހިރިލަންދޫ ގެއެއް ބަލައި ފާސްކޮށް ފުލުހުން ދެ ކަނޑި ހޯދައިފި އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި ބަލާ ފާސް ކުރި ގެއަކުން ދެ ކަނޑި ހޯދާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ
ކަމަށް ފުލުހުން ބުންޏެވެ.

މިއަދު މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުން ވެސް ވަނީ ތޫނު ހަތިޔާރުތަކެއް ފޮރުވާފައި ހުއްޓައި ފުލުހުން ހޯދައިފަ އެވެ.