ބޭރު ކުޅިވަރު

ސެވިއްޔާގެ ބަކާ މިލާނަށް

ސްޕެއިންގެ ސެވިއްޔާ އަށް ކުޅެމުންދިޔަ ކޮލަމްބިއާގެ ފޯވަޑް ކާލޮސް ބަކާ އޭސީ މިލާނަށް ބަދަލުވާން ނިންމައިފި އެވެ.

ކޮލަމްބިއާގެ ގައުމީ ޓީމުގެ ފޯވަޑް ބަކާ ،28، ބުނީ މިލާން އާއި އޭނައާދެމެދު މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ބަކާ އާޢި މިލާންއާދެމެދު އެއްބަސްވުމަކަށް އޭދެވުނު ނަމަވެސް، މިލާން އާއި ސެވިއްޔާއާ ދެމެދު އަދި އެއްބަސްވުމަކަށް ނާދެވެ އެވެ.

ދެހާސް ތޭރަ ވަނަ އަހަރު ބެލްޖިއަމްގެ ކްލަބް ބްރޫޖް އިން ސެވިއްޔާ އަށް ބަދަލުވި ބަކާ ވަނީ އެ ޓީމަށް މިހާތަނަށް ކުޅުނު 71 މެޗުގައި 34 ލަނޑު ޖަހައިފަ އެވެ.

ބަކާ މިލާނަށް ބަދަލުވާން މި ނިންމީ ލިވަޕޫލް އިން ވެސް އޭނާ އަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށެވެ.

މި ޓްރާންސްފާގައި މިލާން އިން ކުރިން ގެންނަން އުޅުނު ކޮލަމްބިއާގެ ފޯވަޑް ޖެކްސަން މާޓީނޭޒް އާއި ފްރާންސްގެ ޖެފްރީ ކޮންޑޮގްބިއާ އެ ޓީމަށް ގެނެވޭ ގޮތެއްނުވި އެވެ.