ހަބަރު

މަޖިލިސް ހުޅުވާ ދުވަހަކީ ބަންދު ދުވަހެއް

މިއަހަރުގެ މަޖިލިސް ހުޅުވާ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފި އެވެ. މި އަހަރުގެ މަޖިލިސް ހުޅުވަން ބާއްވާ ޖަލްސާ އޮންނާނީ އަންނަ މަހުގެ ހަތްވަނަ ދުވަހު އެވެ.

ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، އަންނަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހަކީި މި އަހަރުގެ މަޖިލިސް ހުޅުވާ ދުވަހަކަށްވާތީ އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.

މި އަހަރަށް މަޖިލިސް ހުޅުވާ ޖަލްސާ އޮންނާނީ ދަރުބާރުގޭގައި އެވެ. ޖަލްސާގައި ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަވާނެ އެވެ.

ދަރުބާރުގޭގައި މަޖިލިސް ހުޅުވާ ޖަލްސާ ބާއްވާތާ މިއީ ހަތަރު ވަނަ އަހަރެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހު ތިން އަހަރު ވެސް މަޖިލިސް ހުޅުވާ ޖަލްސާ ބޭއްވީ ދަރުބާރުގޭގަ އެވެ. އެއީ އޭރުގެ އިދިކޮޅު މެންބަރުން ފާޑު ވެސް ވިދާޅުވި ކަމެކެވެ. އަދި އެކަމާ ގުޅިގެން ބައެއް މެންބަރުން އެ ޖަލްސާ ބޮއިކޮޓް ވެސް ކުރި އެވެ.

މި އަހަރަށް ޖަލްސާތައް އަންނަ މަހު ފަށާއިރު އެއީ މި މަޖިލީހުގެ އެންމެ ފަހު ދައުރެވެ. އަންނަ އޭޕްރީލް މަހު އާ މަޖިލީހުގެ އިންތިހާބު އޮންނާނެ އެވެ.