ހަބަރު

އިބުރާއާ ދެކޮޅަށް ޒުވާނުންތަކެއް އަޑު އުފުލައިފި

Jan 21, 2019
4

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ)އާ ދެކޮޅަށް މިރޭ ޒުވާނުންތަކެއް އަޑު އުފުލައިފި އެވެ.

އެ ޒުވާން އަޑު އުފުލާފައިވަނީ މަޖީދީ މަގުގައި މަންދު ކޮލެޖް ކުރިމަތީގަ އެވެ. އެ ޒުވާނުން ގޮވަމުން ދިޔައީ އިބުރާ ހައްޔަރުކުރުމަށެވެ.

މިއަދު ހެނދުނު ވެސް ތިން ޒުވާނަކު ވަނީ މަންދު ކޮލެޖް ކުރިމަތީ އިބުރާއާމެދު ނުރުހުން ފާޅުކޮށްފަ އެވެ. އެ ތިން ޒުވާނުން ވަގުތުން ފުލުހަށް ގެންގޮސް ސުވާލު ވެސް ކޮށްފައިވެ އެވެ.

މިރޭ އިބުރާއާ ދެކޮޅަށް ޒުވާނުންތަކެއް އަޑު އުފުލީ އޭނާ ދީނަށް ފުރައްސާރަކުރާ ކަމަށް ބުނެ އެވެ. އިބުރާ ޓްވިޓާގައި ދީނާ ގުޅޭ ގޮތުން ދައްކަވަމުން ގެންދަވާ ވާހަކަތަކަކާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އޭނާ ވަނީ ރޭ ފުލުހަށް ހާޒިރުކޮށް އެ މައްސަލާގައި ސުވާލު ވެސް ކޮށްފަ އެވެ.