ވިޔަފާރި

އެލައިޑުން ޕްރީ ސްކޫލް ދަރިވަރުންނަށް ސްޓޭޝަނަރީޒް ދެނީ

Jan 22, 2019
1

ދިރާސީ އާ އަހަރު ފެށުމާއެކު، އެލައިޑުން ޕްރީ ސްކޫލްތަކުގެ ދަރިވަރުންނަށް ސްޓޭޝަނަރީ ހަދިޔާ ކުރަން ފަށައިފި އެވެ.

އެލައިޑުން ބުނީ އެ ކުންފުނިން ތިން ފަރާތަކަށް ސްޓޭޝަނަރީޒް ހަދިޔާކޮށްފައިވާ ކަމަށެވެ.

ސްކޭޝަަނަރީ ހަދިޔާ ކުރި ސްކޫލްތަކަކީ ގަލޮޅު ސްކޫލަށާއި، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް އަދި ހުޅުމާލެ ކުޑަކުދިންގެ ހިޔާ "ފިޔަވަތީ" ގެ ޕްރީ ސްކޫލް ދަރިވަރުންނަށެވެ.

މި ތަކެތި އެލައިޑް އިންޝުއަރަންސްގެ ފަރާތުން ހަވާލުކޮށްދެއްވާފައި ވަނީ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން އާއި އަންޑަރ ރައިޓިން މެނޭޖަރު އަހުމަދު ޝާބިގު އެވެ.

އެލައިޑް އިންޝުއަރަންސްގެ ފަރާތުން ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން ވިދާޅުވީ ދިރާސީ އައު އަހަރު ފެށުމާއި އެކު ހުރިހާ ދަރިވަރުންނަށްވެސް އުފާވެރި ފާގަތި އަހަރަކަށް އެދޭ ކަމަށެވެ. އަދި މިއަހަރު ތިން ސުކޫލްގެ ދަރިވަރުންނަށް ފޯރުކޮށްދެވުނު އެހީ ޕްރޮގްރާމް އިތުރަށް ފުޅާކޮށް އަންނަ އަހަރު އިތުރު ސްކޫލްތަކާއި އެހެނިހެން ގްރޭޑްތައް ވެސް މިޕްރޮގްރާމުގައި ބައިވެރި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ފިރުޝާން ވިދާޅުވި އެވެ.

އެލައިޑް އިންޝުއަރަންސަކީ ރައްޔިތުންނާއި ރައްޓެހި ގިނަ ގުނަ އިންޝުއަރަންސް ހިދުމަތްތަކެއް ދޭ ކުންފުންޏެއްގެ އިތުރުން އިޖްތިމާއީ ޒިންމާގެ މަސައްކަތްތައް ވެސް ވަރަށް ހަރުދަނާކަމާއި އެކު މެދުކެނޑުމެއްނެތި ހިންގާ ކުންފުންޏެކެވެ. އެގޮތުން އެކުންފުނީގެ އެންމެ ފާހަގަކޮށްލެވޭ، ކާމިޔާބު އިޖްތިމާއީ މަސައްކަތަކީ "ޕްރިމިއަމް ފޯ ގުޑް" ޕްރޮޖެކްޓްގެ ދަށުން ޔޫ.އެން.ޑީ.ޕީ އަދި އުރީދޫ އާއި ގުޅިގެން ރަށު/ އަތޮޅު ފެންވަރުގައި ހިންގޭ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ގާއިމްކުރެވުނު ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ސެންޓަރެވެ. އެލައިޑުން މައުލޫމާތު ދެއްވާ ގޮތުގައި މިމަރުކަޒުން ތަމްރީނުވެގެން ވަޒީފާގެ މައިދާނަށް ނުކުތުމުގެ ފުރުސަތުވަނީ އެތަކެއް ޒުވާނުންނަށް ފަހިވަމުންނެވެ.