ހަބަރު

އަސްކަރީ މަޝްވަރާތަކަށް މާރިޔާ އިންޑިއާއަށް

އިންޑިއާއާއެކު އަސްކަރީ މަޝްވަރާތައް ކުރެއްވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އިންޑިއާއަށް ފުރާ ވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި އެކަމަނާއާއެކު ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ. މި ދަތުރުފުޅު ގައި ދެ ގައުމުގެ އަސްކަރީއްޔާގެ މެދުގައި އޮތް ގުޅުން އިތުަރަށް ބަދަހި ކުރަމަށް މަޝްވަރާ ކުރައްވާނެ އެވެ.