ދުނިޔެ

ދެރަ އިންޖެކްޝަން ޖަހައިގެން މެރުން ކުރިއަށް ގެންދަން އެމެރިކާގެ ސުޕްރީމް ކޯޓުން ހުއްދަ ދީފި

Jun 30, 2015
2

ފެންވަރު ދަށް އިންޖެކްޝަނެއް ބޭނުންކޮށްގެން މަރުގެ އަދަބު ތަންފީޒުކުރުން ކުރިއަށް ގެންދިއުމުގެ ހުއްދަ އެމެރިކާގެ ސުޕްރީމް ކޯޓުން އިއްޔެ ދީފި އެވެ.

މިޑަޒޯލަމްގެ ނަން ދީފައިވާ ޑްރަގަކީ ބޭނުންކުރަން އެކަށީގެން ނުވާ އެއްޗެއްކަން ހާމަވީ އެ ޑްރަގް ބޭނުންކޮށްގެން މިދިޔަ އަހަރު އެމެރިކާގެ ތިން ސްޓޭޓެއްގައި މަރުގެ އަދަބު ތަންފީޒުކުރަމުން އުޅުމުން

މައްސަލަތަކެއް ކުރިމަތިވުމުންނެވެ. އެ ގޮތުން، މިޑަޒޯލަމް އިންޖެކްޝަން ޖެހުމުން ވެސް އެ ތިން ގައިދީން މަރުވާން އެތައް އިރެއް ނެގި އެވެ . ސުޕްރީމް ކޯޓުން އެ ހުކުމް އިއްޔެ އިއްވާފައި ވަނީ އޮކްލަހޯމާ ސްޓޭޓުގައި މަރަން ހުކުމްކޮށްފައި ތިބި ތިން ގައިދީއަކު ހުށަހެޅި މައްސަލައެއްގަ

އެވެ. އެ މީހުން ބުނި ގޮތުގައި މިޑަޒޯލަމް އަކީ އާއްމު އޮޕަރޭޝަންތަކުގައި ވެސް ހޭނައްތަން ބޭނުންކުރާ ވަރަށް ވުރެ ފެންވަރު ދަށް ޑްރަގެކެވެ. އެހެންވެ، މަރުގެ ހުކުމް ތަންފީޒު ކުރުމުގައި އެ ޑްރަގް

ބޭނުންކުރުމުން މައްސަލަ ޖެހި، ގައިދީ އަށް ވޭނާއި ތަދު އިހުސާސްކުރަން ޖެހިދާނެ ކަމަށެވެ. އެހެންވެ، އެއީ "އިންސާނިއްޔަތުކަމެއް ނެތް، އާއްމު ނޫން އަދަބު" ދިނުން މަނާކުރާ އެމެރިކާގެ ގާނޫނުއަސާސީއާގެ މާއްދާއާހިލާފު ކަމެއް ކަމަށް އެ ތިން ގައިދީން ދައުވާކުރި އެވެ.

އެހެން ނަމަވެސް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ހަނި އަޣުލަބިއްޔަތުން އިއްވި ހުކުމުގައި ބުނި ގޮތުގައި މަރުގެ އަދަބު ތަންފީޒުކުރުމުގައި ބޭނުންކުރާ އެހެން ޑްރަގްތައް މިޑަޒޯލަށް ވުރެ ރަނގަޅުކަން އެ މީހުންނަށް ސާބިތުކޮށެއް ނުދެވުނެވެ. އެހެންވެ، އެހެން ޑްރަގްތަކާ އަޅާބަލާއިރު، މިޑަޒޯލުން ކުރާ އަސަރަކީ

"އިންސާނިއްޔަތުކަމެއް ނެތް، އާއްމު ނޫން އަދަބު"ގެ ގޮތުގައި އެ މީހުންނަށް ސާބިތުކޮށް ނުދެވުނު ކަމަށް ނިންމާފައިވެ އެވެ .އޮކްލަހޯމާ އަކީ މިޑަޒޯލް ބޭނުންކޮށްގެން މަރުގެ ހުކުމް ތަންފީޒުކުރަން މިދިޔަ އަހަރު އުޅުމުން މައްސަލަ ޖެހުނު އެއް ސްޓޭޓެވެ. އެ ފަހަރު މިޑަޒޯލް އިންޖެކްޝަން ޖެހި މީހާ ވަގުތުން މަރު ނުވެ، އެތައް އިރެއް ވުމަށް ފަހު މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ .މެޑަޒޯލް ފަދަ ފެންވަރު ދަށް އިންޖެކްޝަންތައް ބޭނުންކުރަން ފެށީ މަރުގެ

ހުކުމް ތަންފީޒު ކުރުމަށް ޖަހާ ތިން އިންޖެކްޝަން ލިބުމުގެ ދަތިކަން އެމެރިކާގައި ބޮޑުވުމުންނެވެ. އެ ދަތިކަން ކުރިމަތިވީ އެފަދަ އިންޖެކްޝަން އާއްމުކޮށް އުފައްދާ ޔޫރަޕްގެ ކުންފުނިތަކުން އެ ތަކެތި ވިއްކައި އެކްސްޕޯޓް ކުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ން މަނާ ކުރުމުންނެވެ.

އެއާ އެކު، މަރުގެ އަދަބު މިހާރު ދޭ އެމެރިކާގެ 32 ސްޓޭޓުގެ ތެރެއިން ބައެއް ސްޓޭޓުތަކުގައި އެ ހުކުމް ތަންފީޒުކުރުން މެދުކަނޑާލަން ވަނީ މަޖުބޫރުވެފަ އެވެ. އަދި ބައެއް ސްޓޭޓުތަކުން ވަނީ މެޑަޒޯލް ފަދަ

ފެންވަރު ދަށް އިންޖެކްޝަންތަކުގެ އިތުރަށް ކަރަންޓުގައި ޖައްސައިގެންނާއި ވިހަ ގޭސް ބޭނުންކުރުން މާ މައްސަލަ ބޮޑު ގޮތްތައް ބޭނުންކޮށްގެން މަރުގެ އަދަބު ތަންފީޒުކުރުމުގެ ހުއްދަ ދީފަ އެވެ.