ދުނިޔެ

މިއަދު ސުކުންތެއް ދިގުވާނެ! މައްސަލަތަކަށް ތައްޔާރުތަ؟

Jun 30, 2015

އެހެން ދުވަސް ދުވަހަށް ވުރެ މިއަދު ނިމޭލެއް ތަންކޮޅެއް ލަސްވާނެ އެވެ. އެއީ ދުވަހުގެ ވަގުތަށް އެއް ސުކުންތު އިތުރުވެ، 24 ގަޑިއިރަށް ފަހު މިއަދު އިތުރަށް އެއް ސުކުންތު ހިނގާނެތީ އެވެ. މިކަން މި ދިމާވީ ތިން އަހަރަށް ފަހު އެވެ.

އެހެންވެ، މި ހިނގާ ޖޫން މަހުގެ އެންމެ ފަހު ދުވަހުގެ އެންމެ ފަހު ވަގުތަކަށް ވާނީ 00:00 އެއް ނޫނެވެ. މިރޭ 23:59:59 ހިނގުމަށް ފަހު، 00:00 ޖެހުމުގެ ކުރިން ގަޑިން 23:59:60 ހިނގާނެ އެވެ.

މި ކަމަށް ސައެންސްވެރިން ދީފައިވާ ނަމަކީ "ލީޕް ސެކަންޑް" އެވެ. މިއީ ބައެއް ފެބްރުއަރީ މަހަށް އެއް ދުވަސް އިތުރުވުމާ ދާދި އެއްގޮތް ކަމެކެވެ. އެއީ ދުނިޔޭގެ ދައުރުވުމާއި މޫސުމަށް ބިނާކޮށް ގަޑި އާއި ތާރީހު ކަނޑައެޅުމުގައި ގެންނަންޖެހޭ ބަދަލުތަކެވެ.

އެކަމަކު، މިރޭ މި ބައްދަލުކުރާ ލީޕް ސެކަންޑްގެ ސަބަބުން ކޮމްޕިއުޓަރާއި ފޯން ފަދަ ޑިޖިޓަލް އާލާތަތްކުން ގަޑި ބެލުމުގައި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. އެއީ ވަގުތަށް އިތުރުވާ

ސުކުންތު، ކޮމްޕިއުޓަރުގެ ގަޑި ބަލާ ނިޒާމަށް ވަކިން ކިޔައިދޭން ޖެހޭތީއެވެ.

އެ ކަންބޮޑުވުންތައް ހާއްސަކޮށް ގުޅިފައި ވަނީ ހިއްސާގެ ބާޒާރުތަކާއި އެ ނޫން ވެސް މާލީ މުއާމަލާތްތައް ހިންގުމުގައި ބޭނުންކުރާ ކޮމްޕިއުޓަރުތަކަށް ދިމާވެދާނެ މައްސަލަތަކާ އެވެ. އަދި އެ ނޫން ވެސް،

ވަގުތަށް ބަލައިގެން ހިންގާ ދާއިރާތަކަށް ބުރޫއެރުން އެކަށީގެންވެ އެވެ. އެހެންވެ، ލީޕް ސުކުންތު ވަގުތަށް އިތުރުކުރުން ހުއްޓާލަން ވެސް ވަނީ ގިނަ ހުށަހެޅުންތަކެއް ލިބިފަ އެވެ. އެ ކަމާ މެދު މި ނޮވެމްބަރު މަހު

ޖެނީވާގައި ބާއްވާ ވޯލްޑް ރޭޑިއޯ ކޮމިއުނޭޝަން ކޮންފަރެންސްގައި ބަހުސްކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.