ބޭރު ކުޅިވަރު

ރޮނާލްޑޯގެ އިމޭޖް ރައިޓްސް ސިންގަޕޫރުގެ މަހުޖަނަކަށް ވިއްކާލައިފި

ސިންގަޕޫރުގެ މަހުޖަނެއް ކަމަށްވާ ޕީޓާ ލިމް ހިންގާ ކުންފުންޏަކަށް ރެއާލް މެޑްރިޑްގެ ޕޯޗުގަލް ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އިމޭޖް ރައިޓްސް ވިއްކާލައިފި އެވެ.

ރޮނާލްޑޯ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލިމްގެ ކުންފުންޏެއް ކަމަށްވާ މިންޓް މީޑިއާ އަށް އޭނާގެ އިމޭޖް ރައިޓްސް ވިއްކާލީ "ރޮނާލްޑޯގެ ބްރޭންޑް އިތުރު ހަރުފަތަކަށް" ގެންދަން ކަމަށެވެ.

"އަހަރެންގެ ގާތް އެކުވެރިއެއް ކަމަށްވާ ޕީޓާ ލިމްގެ ކުންފުންޏެއް ކަމަށްވާ މިންޓް މީޑިއާ އަށް އިމޭޖް ރައިޓްސް ދިނުމަކީ ވަރަށް ބޮޑު އުފަލެއް. ރޮނާލްޑޯގެ ބްރޭންޑް އިތުރު ހަރުފަތަކަށް ގެންދެވޭނެކަމަށް ގަބޫލްކުރަން. ހާއްސަކޮށް އޭޝިއާގައި ރޮނާލްޑޯގެ ބްރޭންޑް ވަރުގަދަކުރެވޭނެ ކަމަށް ގަބޫލްކުރަން،" ރޮނާލްޑޯ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ކުޅިވަރަށް ޝައުުގުވެރިވާ ލިމް އަކީ މިހާރު ސްޕެއިން ލީގުގެ ވެލެންސިއާގެ ވެރިޔާ އެވެ.

ރޮނާލްޑޯ ،30، އަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް އެތުލެޓީވެ. ފީފާގެ މޮޅު ކުޅުންތެރިއާގެ މަގާމު ފާއިތުވި ދެ އަހަރު ވެސް ހޯދި ރޮނާލްޑޯ ވަނީ މިދިޔަ އަހަރު މުސާރަ އާއި ބޯނަސްތައް އަދި ސްޕޮންސާޝިޕްތަކުން 50 މިލިއަން ޕައުންޑްގެ އާމްދަނީއެއް ހޯދައިފަ އެވެ.

ރޮނާލްޑޯ ސްޕޮންސާކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ނައިކީ އާއި ކޮކާކޯލާ އާއި ކާސްޓްރޯލް އަދި އެމިރޭޓްސް ހިމެނެ އެވެ.