ހަބަރު

ބިރުން ފިއްކަނޑުވާލައިފި!

Jan 26, 2019
5

އިމާރާތް ކުރަމުންދާއިރު ވެސް އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް ގާއިމްކޮށްފައި ނުހުންނާތީ މިހާރުވެސްވ މިއުޅެނީ މައްސަލަ ޖެހިގެނެވެ.

އިމާރާތަކަށް މީހުން ވަންނައިރު ފުރިހަމަވާން މަޖުބޫރު ކަންކަން ހަމަ ނުކުރަނީ އެވެ. މޯލްޑިވްސް ނޭޝަނަލް ކޮންސްޓްރަކްޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްއެންއޭސީއައި) އިން ރޭ ޓުވީޓް ކުރި ދެ ވީޑިއޯއަކަށް ބަލައި ލުމުން އެނގެނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި އަދިވެސް ތަންތަން ހަދަމުންދާ ކަމެވެ. މި ދެ ވީޑިއޯ ބަލައިލުން، ބިރުން ފިތް ކަނޑައިގެން ނުދޭ ހެއްޔެވެ؟ ރުޅިގަދައެއް ނުވޭ ހެއްޔެވެ؟

ދެ ވީޑިއޯގައި ފެންނަނީ ކުޑަ ދެ ކުދިންނާއި ބޮޑު މީހަކު ގާތްގަނޑަަކަށް އަށް ބުރީގެ އިމާރާތެއްގެ މަތިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ފައިބަން މަސައްކަތް ކުރާ ތަނެވެ. އެމީހުން ފައިބަން ބޭނުން ކޮށްފައިވަނީ އިމާރާތުގެ ބޭރުގައި ހަރުކޮށްފައިވާ ހަނި ހަރުގަނޑެކެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ފުރަތަމަ ފައިބަނީ ގާތްގަނޑަކަށް 14 ވަރަކަށް އަހަރުގެ ކުޑަ ކުއްޖެކެވެ. ދެން ފެންނަނީ ބޮޑު މީހަކާއެކު ކުޑަ އަންހެން ކުއްޖަކު ފައިބާ ތަނެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ކުޑަ އަންހެން ކުއްޖާ އާއި ފިރިހެން މީހާ ފައިބަން ފާރުގައި ހަރުކޮށްފައިވާ ހަރުގަނޑާ ހަމައަށް ދާން ގާތްގަނޑަކަށް ދެ ފޫޓުގެ ހަނިފާރު ބުރިއެއް ހުރެ އެވެ. އެތަނުން ހަރުގަނޑަށް އަރަން ދެވެނީ އަރިއަށް ހުރެގެންނެވެ. ސަބަބަކީ އެތަން ހަނިވީމަ އެވެ. ވެ.

މަސީގެ ޓުވީޓު-

އެމްއެންއޭސީއައި އިން ބުނި ގޮތުގައި އެ ޖަމިއްޔާ އަށް ލިބުނު މި ވިޑީއޯ އާއްމުކުރުމުގެ މަގުސަދަކީ އާއްމުންނާއި ކޮންޓްރެކްޓަރުން ހޭލުންތެރި ކުރުވުމެވެ.

މަސީގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހު އާއި އެމްއެންޑީއެފް އަދި ޕްލޭނިން މިނިސްޓްރީ ޓެގްކޮށް އެ ޖަމިއްޔާއިން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވާ ގޮތުގައި ރައްކާތެރި ގޮތް އިހުތިޔާރު ކުރުން މުހިންމެވެ. އަދި އެ ޖަމިއްޔާ އިން ނެރެފައިވާ ހެލްތް އެންޑް ސޭފްޓީ ހޭޑް ބުކްގައި ވާ ގޮތަށް އަމަލުކުރަން ހަނދާން ކޮށްދީފައިވެ އެވެ.

އިމާރާތް ކުރުމުގެ ދާއިރާގައި ފުލުފުލުގައި ދަނީ ނުރައްކާތެރި ހާދިސާތައް ހިންގަމުންނެވެ. އަދި ދާދިފަހުން ވަނީ ހަދަމުންދާ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުގެ ކުޑަ އަންހެން ކުއްޖަކު މަރުވެފަ އެވެ. އަދި މި ހާދިސާއާ ގުޅިގެން އިމާރާތް ކުރުމުގެ ދާއިރާ ހަރުދަނާ ކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.