ހޮލީވުޑް

"ޕްރިންސަސް ޑައިރީޒް" 3 އުފައްދަނީ

މެގް ކެބޮޓްގެ ވާހަކަ އަކަށް އުފައަދާފައިވާ ފިލްމު "ޕްރިންސަސް ޑައިރީޒް" ގެ ފުރަތަމަ ދެ ބަޔަށް ލިބުނު ތަރުހީބަށްފަހު ތިން ވަނަ ބައެއްް އުފެއްދުމަށް ނިންމާފައިވާ ކަމަަށް އެ ފިލްމުގެ ލީޑް ތަރި އޭން ހެތުއަވޭ ބުނެފި އެވެ.

"ޕްރިންސަސް ޑަރިއީޒް" އަކީ ވާހަކަ ސީރީޒް އެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. "ޕްރިންސަސް ޑައިރީޒް"ގެ ދެވަނަ ބައި ރިލީޒް ކުރި ފަހުން މިހާރު ފަނަރަ އަހަރު ވެފައިވާއިރު، ފިލްމުގެ ތިން ވަނަ ބަޔެއް އުފައްދާނެ ކަމުގެ ޔަގީންކަން ދިނީ ކުރީގެ ދެ ފިލްމުގައިވެސް "ޕްރިންސަސް"ގެ ރޯލުން ފެނުނު އޭން ހެތުއަވޭ އެވެ.

"ޕްރިންސަސް ޑައިރީޒް"ގެ ފިލްމު ތަކަށް ލޯބި ކުރާ ހުރިހާ ފަރާތްތަކަށް އެ ހަބަރު ދިނީ އެމެރިކާގެ ޓޯކް ޝޯ އެއްގައި ވާހަކަ ދައްކަމުން، ފިލްމުގެ ލީޑް ތަރި އޭން ހެތުއަވޭ އެެވެ. "ވޮޗް ވަޓް ހެޕަންސް ލައިވް" ޝޯގައި ވާހަކަ ދައްކަމުން، އޭނާ ބުނި ގޮތުގައި ފިލްމުގެ ސްކްރިޕްޓު މިހާރު އޮތީ ތައްޔާރަށެވެ. އަދި ކުރީ ދެ ފިލްމުގައި ވެސް އޭނާ އާއެކު ފެނުނު "ރާނީ" ވެސް މ ފިލްމު ކުޅެން ތައްޔާރުގައި ހުރި ކަމަށް ބުންޏެވެ.

ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން އޭން ބުނީ، މުޅި ޓީމުންވެސް ބޭނުންވަނީ ވާހަކައިގައި ލިޔެފައި ހުރި ކެރެކްޓާތަކަށް ބަދަލު ނުގެނެސް ފިލްމުގައި ވެސް ގެނެވޭތޯ އެވެ. އަދި، ހުރިހާ ކަމެއް ފުރިހަމަ ވުމުން ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމަށް އޭނާ ބުންޏެވެ.

"ޕްރިންސަސް ޑައިރީޒްގެ އެންމެ ފުރަތަމަ ފިލްމު ރިލީޒް ކުރީ 2001 ގަ އެވެ. މި ފިލްމަކީ އާދައިގެ ދިރިއުޅުމެއް އުޅޭ ޒުވާން އަންހެން ކުއްޖަކަށް އޭނާ އަކީ ގައުމެއްގެ "ޕްރިންސަސް" އެއްކަން އެނގުމުން ދިމާވާ މަޖާ ހާދިސާ ތަކެއްގެ މައްޗަށް ބިނާ ކޮށް ހަދާފައިވާ ފިލްމެކެވެ.