ވިޔަފާރި

ހެޕީ މާކެޓުން ކުކުޅު ވަރަށް އަގު ހެޔޮ ކޮށްލައިފި

ރާއްޖެއަށް އެންމެ ފުރަތަމަ ފްރޯޒަން ޗިކަން އެތެރެކުރަން ފެށި، ހެޕީ މާކެޓައް 27 އަހަރު ފުރުމުގެ މުނާސަބަތުގައި، ހެޕީ މާކެޓުން ވިއްކާ ކުކުޅު ވަރަށް ބޮޑުތަން އަގު ހެޔޮ ކޮށްފި އެވެ.

އެގޮތުން ކުކުޅު ކޭހަކުން 30 ރުފިޔާ އަގުހެޔޮ ވަނީ ކޮށްފަ އެވެ.

ހެޕީމާކެޓުން ދަނީ ތިން ގައުމެއްގެ ކުކުޅު ރާއްޖޭގެ ބާޒާރަށް އެތެރެކޮށް ވިއްކަމުންނެވެ. އޭގެ ތެރޭގައި ބްރެޒިލްއިން އިންޕޯޓް ކުރާ ސިއެރާ ޗިކަން އަދި ފްރެންގެސޯލް، ރަޝިޔާއިން އިންޕޯޓް ކުރާ އަން ނޫރް އަދި އިންޑިއާއިން އިންޕޯޓް ކުރާ ވެންކީސް ކުކުޅު ހިމެނެ އެވެ.

ހެޕީ މާކެޓުން މައުލޫމާތު ދިން ގޮތުގައި މިތިން ބްރޭންޑްގެ ހޯލް ޗިކަންގެ 800ގމ، 900ގމ، 1000ގމ، 1200ގމ، 1400ގމ ލިބެން ހުންނާނެއެވެ.

މީގެއިތުރުން އެންމެ ކޮލިޓީ ރަނގަޅު ޗިކަން ލިވާ، ޗިކަން ތައި، ޗިކަން ޑްރަމްސްޓިކް، ޗިކަން ސޮސެޖް، ޗިކަން ނަގެޓްސް، ޗިކަން ގިޒާޑްސް، ޗިކަން ވިންގްސް ވެސް ވަރަށް އަގުހެޔޮކޮށް ހެޕީ މާކެޓުން ދަނީ ވިއްކަމުންނެވެ.

މިވަގުތު ރާއްޖޭގެ މާކެޓްގައި ތަފާތު އެކި ބްރޭންޑްގެ ކުކުޅު ލިބެން ހުންނައިރު، ހެޕީ މާކެޓުން ކުކުޅު އަގުހެޔޮ ކުރުމުން، މިވަގުތު އެންމެ އަގުހެޔޮކޮށް ކުކުޅު ވިއްކާ ބަޔަކަށް ހެޕީ މާކެޓް ވާނެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ އެންމެ ކޮލިޓީ ރަނގަޅު ގިނަ އަދަދެއްގެ ކެއިން ބުއިމުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަތާ 27 އަހަރުވެފައިވާއިރު، ހެޕީ މާކެޓުން ދަނީ އެކި އެކި މުނާސަބަތުތަކާއި ގުޅިގެން ބައެއް ހާއްސަ ޕްރީމިއަމް ބްރޭންޑްތައް އަގު ހެޔޮކޮށް ވިއްކަމުންނެވެ.

އެންމެ ފަހުން އަގު ހެޔޮކޮށްފައިވަނީ ހެޕީ މާކެޓުން އޮތޮރައިޒް ޑިސްޓަރިބިއުޝަން ރައިޓްސް ލިބިގެން ވިއްކަމުން އަންނަ ޓެބެސްކޯ ސޯސް އެވެ. މީގެ އިތުރުން، އޯލްޑަންބާގާ ބްރޭންޑްގެ ޕޯޝަން ބަޓާ އަދި ލޯފެޓް މިލްކް ހިމެނެ އެވެ.