ބޮލީވުޑް

ބޮލީވުޑްގައި އެންމެ ބޮޑު އާމްދަނީ ލިބޭ ތަރިންނަކީ އަމީތާބާއި ސަލްމާނަށް

Jun 30, 2015

ފޯބްސް މަޖައްލާއިން ކޮންމެ އަހަރަކު އާންމުކުރަމުން އަންނަ މުނިފޫހިފިލުވުމގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ފައިސާލިބޭ 100 ފަންނާނުންގެ ލިސްޓް އެމަޖައްލާއިން ވަނީ އާންމުކޮށްފަ އެވެ.

ފޯބްސް އިން އާންމުކޮށްފައިވާ މިލިސްޓުގެ އެއްވަނައިގައި އެމެރިކާގެ ބޮކްސަރެއް ކަމުގައވާ ފްލޮއިޑާ މޭވެދާ އޮތްއިރު، ބޮލީވުޑްގެ މެގަސްޓާ އަމީތާބް ބައްޗަން އާއި ސުޕަސްޓާ ސަލްމާން ޚާންގެ އިތުރުން އަކްޝޭ ކުމާރަށް މިލިސްޓުގެ ކުރިން ޖާގަލިބެ އެވެ.

"ވޯލްޑްސް ޓޮޕް ޕެއިޑް އެންޓަޓެއިނާ 2015" ލިސްޓުގެ ކުރީގައި އޮތް މޭވެދާ އަށް އަހަރަކު 300 މިލިއަން ޑޮލަރު ލިބެ އެވެ.

އަހަރަކު 33.5 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިގެން އަމީތާބް އާއި ސަލްމާން މިލިސްޓުގެ 71 ވަނައިގއި އުޅޭއިރު، އަކްޝޭ ކުމާރަށް ލިބިފައިވަނީ މިލިސްޓްގެ 76 ވނަ އެވެ. އޭނާ އަށް އަހަރަކު 33.2 މިލިއަން ޑޮލަރު ލިބެ އެވެ.

މިތިން ތަރިންގެ އިތުރުން އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އެމްއެސް ދޯނީ އަށް އަހަރަކު 31 މިލިއަން ޑޮލަރު ލިބިގެން އުޅެނީ މިލިސްޓްގެ 82ވަނައިގަ އެވެ.

މިލިސްޓް އާންމުކުރުމާއިއެކ ގިނަ ފަރާތްތަކަކުން ވަނީ ބޮލީވުޑްގެ އެންމެ މަޝްހޫރުތަރި ކަމަށްވާ ޝާހްރުކް ޚާން އާއި އެއްވެސް ބަތަލާއަކު މިލިސްޓުގައި ހިމެނިފައިނުވާކަން ފާހަގަކޮށްފަ އެވެ.

1999 ވަނަ އަހަރުން ފެށިގެން ކޮންމެއަހަރަކު ފޯބްސް އިން އާންމުކުރަމުން އަންނަ އެންމެ ބޮޑު އާމްދަނީއެއް ލިބޭ 100 ފަންނާނުންގެ ލިސްޓްގައި ހިމެނޭ ފަންނާނުން އެކުލަވާލުމަށް ވަކި ގައުމެއްގ ވަކި ނަސްލަކަށް ނުބަލައި ދުނިޔޭގެ ހުރިހާ ގައުމެއްގެ ފަންނާނުންގެ އާމްދަނީއަށް ބަލައިގެން މިލސްޓް އާންމުކުރާކަމަށް ފޯބްސް އިން ވަނީ ބުނެފަ އެވެ. އެގޮތުން ބޮލީވުޑްގެ ތަރިންކަމަށްވާ އަމީތާބް އާއި ސަލްމާން އަށް އަހަރަކު ހޮލީވުޑްގެ މަޝްހޫރު ތަރިއެއްކަމަށްވާ ލިއޮނާޑޯ ކެޕްރިއޯ އާއި ޝެނިމް ޓަޓުން ފަދަ ތަރިންނަށް ލިބޭ އާމްދަނީއަށް ވުރެން ގިނައިން ލިބުމަކީ 21ގަރުނުގެ ހަގީގަތަކަމަސް ފޯބްސް އިން ވަނީ ބުނެފަ އެވެ.

ލިއޮނާޑޯ ކެޕްރިއޯ އާއި ޝެނިން ޓަޓުމް ފަދަ ތަރިންނަށް އަހަރު ލިބެނީ އެންމެ 29 މިލިއަން ޑޮލަރުކަމަށްވެ އެވެ.

އަމީތާބް އާއި ސަލްމާން އަށް އެހާމަތީ އާމްދަނީއެއް ލިބުމާއި ގުޅިގެން ފޯބްސް އިން ބުނެފައިވނީ އަމީތާބްގެ 50 އަހަރުގ ފިލްމީ ކެރިއަރުގައި 150 އަށްވުރެން ގިނަ ފިލްމު ކުޅެފައވާއިރު އަމީތާބް އަށް އެހާ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ކޮންމެ އަހަރަކު ސޮނީ ޓީވީއަށް ހުށަހަޅައިދެމުން އަންނަ "ހޫ ވޯންޓްސް ޓު ބީ އަ މިލިއަނާ" ގެ ހިންދީ ވާޝަން ކަމަށްވާ "ކޯން ބަނޭގާ ކްރޯޅްޕަތީ" ގެ އަށްވަނަ ސީޒަން މިދިޔަ އަހަރު ހުށަހަޅައިދީގެން ކަމަށެވެ.

މީގެއިތުރުން 80 އަށްވުރެން ގިނަ ފިލްމު ކުޅެ، އިންޑިއާގެ އެންމެ ބޮޑު އެއްތަރީގެ ގޮތުގައި ފޯބްސް އިން ސިފަކުރާ ސަލްމާން އަށް މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީ އެއް ލިބިފއިވަނީ "ބީން ހިއުމަން" ގެ ނަމުގައި އުފައްދާފައިވާ ޓީޝާޓާއި އަންނައުނު ވިއްކައިގެންނެވެ. މިތަކެތި ވިއްކައިގެން އެކަނި ސަލްމާންއަށް 30 މިލިއަން ޑޮލަރު ލިބިފައވާއިރު، މިފައިސާއަކީ އިންސާނިއޔަތަށް ހިދުމަތްކުރާ ފައުންޑޭޝަނަށް ދާ ފއިސާކަމުގައިވީ ނަމަވެސް މިފައިސާއަކީ ވެސް ސަލްމާންއަށް ލިބޭ އާމްދަނީގެ ގޮތުގައި ގުނާ ފައސާކަމަށް ފޯބްސް އިން ވަނީ ބުނެފަ އެވެ.

އަހަރަކު ހަތަރު ފިލްމު އެވްރެޖްކޮށް ރިލީޒްވާ އަކްޝޭ ކުމާރުއަށް މިދިޔަ އަހަރު އެންމެ ގިނަ އާމްދަނީ ލިބިފައިވަނީ "ހޮލިޑޭ – އަ ސޯލްޖާ އިޒް ނެވާ އޯފް ޑިއުޓީ" އަދި "އެންޓަޓައިންމަންޓް" ކުޅެގެން ކަމަށް ފޯބްސް އިން ވަނީ    ހާމަކޮށްފަ އެވެ.