ވިޔަފާރި

ރެޑްވޭވް އަހަރީ ބާޒާރުގެ ނަސީބުވެރިން ހޮވައިފި

މިދިޔަ ނޮވެމްބަރު މަހުން މި މަހުގެ 15 އާ ހަމައަށް ރެޑްވޭވްގެ ހުރިހާ ފިހާރަތަކެއްގައި ކުރިއަށް ގެންދިޔަ ރެޑްވޭވް އަހަރީ ބާޒާރުގެ ގުއުރަތުން ހޮވުނު ތިން ނަސީބުވެރިންނަށް ފައިސާގެ އިނާމް ދީފި އެވެ.

ރެޑްވޭވްއިން ވިޔަފާރިކުރި، ތިން ކަސްޓަމަރުން ކަމުގައިވާ އައިމިނަތު ސަލާމާ، އަބްދުﷲ މުއިއްޒު ފުއާދު އަދި ޒާހިދާ އިބްރާހީމްގެ ނަސީބު އަގުވަޒަންކޮށް، ފައިސާގެ އިނާމް ދިނީ އިއްޔެ ރެޑްވޭވްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެގޮތުން އައިމިނަތު ސަލާމާއަށް 20،000 ރުފިޔާ އާއި އަބްދުﷲ މުއިއްޒު ފުއާދަށް 30،000 ރުފިޔާ އަދި ޒާހިދާ އިބްރާހީމް އަށް 50،000 ރުފިޔާ ވަނީ ދީފަ އެވެ. މި އިނާމްތައް ވެގެންދިޔައީ ތިން ފަރާތަށްވެސް ވަރަށް ހާއްސަވެގެން ދިޔަ އާއަހަރުގެ ހަދިޔާއަކަށެވެ. އަދި އަހަރުގެ ފެށުން ފުރިހަމަކޮށްލުމަށް ލިބިގެންދިޔަ ފުރުސަތަކަށެވެ.

ރެޑްވޭވްގެ އަހަރީ ބާޒާރުގެ ނަމުގައި ބޭއްވި ގުރުއަތުލުމަށްފަހު، މި އަހަރު ބާއްވާ ރެޑްވޭވް ރޯދަ ސޭލް ވެގެންދާނީ މިއަށްވުރެ ވެސް ބޮޑު އިނާމްތަކެއް ލިބިގެންދާ ފުރިހަމަ ސޭލްއެއް ކަމުގައި ރެޑްވޭވުން މައުލޫމާތުދެ އެވެ.