މޯލްޑިވިއަން

ދަތުރުތައް ޝެޑިއުލްއާ އެއްގޮަތަށް އޮންނާނެ: މޯލްޑިވިއަން

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން މާދަމާ ކުރާ ދަތުރުތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ބުނެފި އެވެ.

މޯލްޑިވިއަންގައި މަސައްކަތް ކުރާ ޕައިލެޓުންތަށް މާދަމާ އިހްތިޖާޖު ކުރަން ނިންމާފައިވުމުން، ފުލައިޓުތަކަށް ބުރޫ އަރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް މިރޭގެ ވަގުތެއްގައި އެއާލައިނުން ކުރި ޓުވީޓެއްގައި ބުނީ ފުލައިޓުތަކަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ.

ޕައިލެޓުން އިހްތިޖާޖް ކުރަން ނިންމީ އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުގައި ހުންނެވި މުހައްމަދު އަމީން އެ މަގާމުން ވަކިކުރަާށެވެ.

ޕައިލެޓަކު ބުނީ މުހައްމަދު އަމީންއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަގާމުގެ ނުފޫޒު ވަރަށް ބޮޑަށް ބެނުން ކުރެއްވި އަދި މިހާރު ވެސް ކުރަމުންދާ ފަރާތެއް ކަމަށެވެ.