ހަބަރު

ވިޝުއަލް އާޓްސް ފަންނާނުންގެ ފޯރަމެއް ބާއްވަނީ

ވިޝުއަލް އާޓްސް ދާއިރާގެ ފަންނާނުންގެ ހިޔާލު ހޯދަން ފޯރަމެއް ބާއްވަން ހަމަޖައްސައިވާ ކަމަށް ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނެފި އެވެ.

ވިޝުއަލް އާޓްސް ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ ފޯރަމް ބާއްވަނީ ދާއިރާ އިތުރަށް ތަރައްގީކޮށް ކުރިއަރުވަން ބޭނުންވާ ހިޔާލު ހޯދާށެވެ. އެ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ ހިޔާލު ހޯދަން ކުރެހުންތެރިންނާއި ފޮޓޯގްރާފަރުންނާއި ގްރެފިކް ޑިޒައިނަރުންނާއި އަތްތެރި މަސައްކަތުގެ ފަންނުވެރިން ފޯރަމްގައި ބައިވެރިވާން މިހާރު ވަނީ ދައުވަތުދީފަ އެވެ.

މި ފޯރަމް ބާއްވަނީ އަންނަ ބުދަ ދުވަހު ކުލުނުވެހީގަ އެވެ.

އެންސީއޭއިން މިދިޔަ މަހު ވަނީ މިއުޒިކީ ފަންނާނުންނާއި ފިލްމީ ދާއިރާގެ ފަންނާނުންގެ ފޯރަމެއްވެސް ބާއްވާފަ އެވެ.