ވިޔަފާރި

ބިޒްނަސް ކޮންވެންޝަންގައި ބައިވެރިވާން ހުޅުވާލައިފި

Feb 5, 2019
1

ރާއްޖޭގައި ވިޔަފާރި ކުރަން ހުރި ދަތިތައް ދެނެގަނެ، އޭގެ ހައްލުތައް ހޯދުމަށް ބާއްވާ "ބިޒްނަސް ކޮންވެންޝަން" ގައި ބައިވެރިވާން އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ފެބްރުއަރީ މަހުގެ 26-27 އަށް ދަރުބާރުގޭގައި ބާއްވާ ބިޒްނަސް ކޮންވެންޝަން ގެ މަގުސަދަކީ ވިޔަފާރި ކުރުމުގައި ދިމާވާދަތިތައް ސަރުކާރާއި ހިއްސާކޮށް، އެކަންކަމަށް ހޯދިދާނެ ހައްލުތައް މަޝްވަރާކުރުން ކަމަށެވެ. އެގޮތުން މި ބައްދަލުވުމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ކޮންވެންޝަން ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އަކުން ހަވީރު 16:00 އަށެވެ. އަދި މި ބައްދަލުވުމުގައި އެކި ދާއިރާތަކުން ވިޔަފާރިއާއި ބެހޭ ކަރުދާސް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތް ތަކަށް އެފުރުސަތު ހުޅުވާލެވިފައި ވާނެ އެވެ. އެގޮތުން ކަރުދާސް ހުށަހެޅުމުގައި އަމަލުކުރަންވީ އުސޫލު އިޢުލާންކޮށް އަދި މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކުރެވިފައިވާނެ ކަމަށެވެ. އަދި ކޮންވެންޝަންގައި ބައިވެރިވުމަށް ޖާގަ ތަންދޭ މިންވަރަކުން ރަޖިސްޓްރީކޮށްދެވޭ ފަރާތްތަކަށް 14 ފެބްރުއަރީ 2019 ގެ ކުރިން، އެކަން މި މިނިސްޓްރީ އިން ވަކިވަކިންއަންގާނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ކޮންވެންޝަންގެ ޓެންޓަޓިވް އެޖެންޑާ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއު ކޮށްފައިވާނެ ކަމަށެވެ.