ހަބަރު

ސަރުކާރު އޮފީހަކުން ބައިލައްކަ ރުފިޔާ ހުރި ތިޖޫރީއެއް ވަގަށް ނަގައިފި

އައްޑޫ ސިޓީގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ އޮފީހުގެ ތިޖޫރީ ވަަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ އިކޮނޮމިކް މިނިސްޓްރީ އައްޑޫ އޮފީހުގެ ދޮރު މަތާލައިގެން ވަދެ ތިޖޫރީ ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އެ ތިޖޫރީގައި ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ ހުންނާނެ ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.

މިއަދު ހެނދުނު 8:00 ހާއިރު ފުލުހަށް ރިޕޯޓު ކުރި އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.