ހަބަރު

މުއާޒު ހުޅުމާލެ ދާއިރާއަށް ކުރިމަތިލަނީ

Feb 5, 2019
4

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ހުޅުމާލެ ދާއިރާއަށް ވާދަކުރަން ނިންމައިފި އެވެ.

އޭނާ މިއަދު ވަނީ މަޖިލީހަށް ވާދަކުރުމަށް އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހަޅާފަ އެވެ. އޭނާ ވާދަ ކުރަން ނިންމާފައިވަނީ އަމިއްލަ ގޮތުންނެވެ.

މިފަހުން މުއާޒު ވަނީ ޕީޕީއެމްއާ ހިޔާލު ތަފާތުވެ، ރައީސް ޔާމީންއާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ. އޭނާގެ ސުލޫކީ މައްސަލަ ޕީޕީއެމްއިން ބަލަން ނިންމި އެވެ.

މުއާޒު ހުޅުމާލެ ދާއިރާއަށް ވާދަކުރާއިރު ރައީސް ޔާމީންގެ ތާއިދުއާއެކު އެ ދާއިިރާއަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލް ހުޅުމާލެ ދާއިރާއަށް ވާދަ ކުރެ އެވެ.

އޭގެއިތުރުން އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒު އެމްޑީޕީގެ ޓިކެޓްގައި ހުޅުމާލެ ދާއިރާއަށް ނުކުންނަވަ އެވެ.