ހަބަރު

ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

Feb 5, 2019
1

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީއަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

ފޮޓޯ އަންމު ކުރުމަށް ފަހު ފުލުހުން މިއަދު ކުރި އިއުލާނުގައި ބުނީ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލާގައި ހޯދަމުން އަންނަނީ ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ނޯޔަން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ މީހާއާ ބެހޭ މައުލޫމާތު އެނގޭނަމަ ފުލުހަށް ރިޕޯޓު ކުރަން އެދޭ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.