ވިޔަފާރި

ހަތަރުވަނަ ކުއާޓަރުގައި ދިރާގުގެ ސާފު ފައިދާ 13 ޕަސެންޓް އިތުުރުވި

މިދިޔަ އަހަރުގެ ހަތަރުވަނަ ކްއާޓަރުގައި ދިގާރަށް ލިބުނު ސާފު ފައިދާ 13 ޕަސެންޓް އިތުރުވެ، ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.

ދިރާގުން އާއްމުކޮށްފައިވާ 2018 ވަނަ އަހަރުގެ ހަތަރުވަނަ ކްއާޓަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 203 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ ހަތަރު ވަނަ ކްއާޓަރުގައި މި އަދަދު ވަނީ 231 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

މިދިޔަ ކްއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 704 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. ނަމަވެސް ތިންވަނަ ކްއާޓަރުގައި ލިބުނީ 658 މިލިއަން ރުފިޔާ އެވެ.

ދިރާގަށް ޓެކްސްއަށް ކެނޑުމުގެ ކުރިން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 272 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް ތިންވަނަ ކްއާޓަރުގައި މި އަދަދު އުޅެނީ 239 މިލިއަން ރުފިޔާގަ އެވެ. އެ ކުންފުނިން މިދިޔަ އަހަރުގެ ފަހު ކްއާޓަރުގައި ދައުލަތަށް ޓެކުހުގެ ގޮތުގައި 41 މިލިއަން ރުފިޔާ ވަނީ ދައްކާފަ އެވެ.