ވިޔަފާރި

ގޯލްޑް 100 ގެ ޕާޓްނަރަކަށް އަލްޝާލީ މެރިން މޯލްޑިވްސް

Feb 10, 2019

މި އަހަރު ބާއްވާ "ގޯލްޑް 100 ގާލާ" އިވެންޓުގެ ޕާޓްނަރެއްގެ ގޮތުގައި އަލްޝާލީ މެރިން ހަމަޖައްސައިފި އެވެ.

ގޯލްޑް 100 ބާއްވާ، ކޯޕަރޭޓް މޯލްޑިވްސް އިން ބުނީ އަލްޝާލީއާއެކު އިއްޔެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ އެ ކުންފުނީގެ ސީއޯއޯ ޑރ. ހުސެއިން ސަނީ އުމަރު ކަމަށެވެ. އަދި އަލްޝާލީގެ ފަރާތުން ސޮއިކުރެއްވީ އޭސް މެރިން މޯލްޑިވްސްގެ މެނޭޖަރު އިސްމާއިލް ޝަރީފު އެވެ.

ޔުނެއިޑަޑް އެރެބެ އެމިރޭޓް (ޔޫއޭއީ) ގައި 1979 ވަނަ އަހަރުން ފެށިގެން އެކި ސައިޒުތަކުގެ އުޅަނދު ފަހަރު ބަންނަމުން ގެންދާ އަލްޝާލީ ގްރޫޕުން ރާއްޖޭގައި ހިންގާ އޭސް މެރިން މޯލްޑިވްސްއަކީ ރާއްޖޭގައި ވެސް މި ވިޔަފާރި ފުޅާކޮށް ކުރާ އެއް ކުންފުންޏެވެ.

ގޯލްޑް 100 އިވެންޓަކީ ރާއްޖޭގެ ވިޔަފާރީގައި ހިމެނޭ 100 ކުންފުނީގެ ލިސްޓެއް އެކުލަވާލައި އާއްމު ކުރި ފުރަތަމަ ފަހަަރެވެ. އަދި މިހާރު "ގޯލްޑް 100" ވެގެން ގޮސްފައިވަނީ ވިޔަފާރިތައް ވަރަށް ބޮޑަށް ސަމާލުކަމެއް ދޭ އެއް އެވޯޑަށެވެ. މި އަހަރުގެ ގޯލްޑް 100 ގާލާ އިވެންޓު އޮތީ މިމަހުގެ 23 ވަނަ ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓުގަ އެވެ.