ބޮލީވުޑް

"ނޯ އެންޓްރީ"2 އިން ސަލްމާން ފެންނާނެތަ؟

ސަލްމާން ޚާން ލީޑުރޯލުން ފެނުނު ފިލްމު "ނޯ އެންޓްރީ"އަކީ 2005 ވަނަ އަހަރު ނެރުނު ފިލްމުތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ފިލްމެވެ. މި ފިލްމުގެ ދެވަނަ ބައެއްް އުފެއްދުމަށް ސްކްރިޕްޓު އޮތީ މިހާރު ތައްޔާރަށް ކަމަށާއި މިހާރު މަޑު މިކުރަނީ ފިލްމުގެ ޕްރޮޑިއުސަރު ބޮނީ ކަޕޫރުގެ "ފެހި ސިގްނަލް" އަށް ކަަމަށް "ނޯ އެންޓްރީ" ފިލްމުގެ އެއްވަނަ ބައި ޑައިރެކްޓުކުރި އަނީސް ބަޒްމީ ބުނެފި އެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި މި ފިލްމުގެ ސްކްރިޕްޓު މިހާރު އޮތީ އެއް ކޮށް ނިމިފައި ކަމަށާއި މި ފިލްމު އުފެއްދުމާ މެދު ފިލްމުގެ ޑައިރެކްޓަރު ހުރީ ވަރަށް އުއްމީދުކޮށްގެން ކަމަށެވެ. މި ފިލްމަކީ ބްލޮކްބަސްޓާގައި ޖާގަ ހޯދި ފިލްމެއް ކަމުން ދެވަނަ ބައިވެސް މި ފިލްމަށް ހަައްގު ކަމަށް ޑައިރެކްޓަރު އަނީސް ބުނެ އެވެ.

އިތުރަށް ބުނެފައިވަނީ "ނޯ އެންޓްރީ"ދެވަނަ ބައިގެ ލީޑުން ފެންނަން ރަނގަޅު ތަރިންތަކުގެ ލިސްޓެއްވެސް މިހާރު ވަނީ ހަދާފައި ކަމަށާއި އެހެންނަމަވެސް އެއްްވެސް ކަަމެއް ޔަގީން ކުރާނީ އޭނާ އާއެކު ފިލްމު އުފެއްދުމުގައި ޕްރޮޑިއުސަރެއްގެ ގޮތުގައި ބައިވެރިވާ ބޮނީ ކަޕޫރުގެ ބަހަށް ފަހު ކަމަށެވެ. އަދި މި ފިލްމުގެ ލީޑުގައި ސަލްމާން ޚާން ފެންނާނެ ކަންވެސް ޔަގީން ކޮށްދެވޭނީ ބޮނީގެ ނިންމުމަށްފަހު ކަމަށް އަނީސް ބުންޏެވެ.

ފިލްމު "ނޯ އެންޓްރީ"ގެ ފުރަތަމަ ފިލްމުގައިި މައި ރޯލެއް އަދާ ކުރި ސަލްމާން ދެވަނަ ފިލްމުގައި ނުފެންނާނެ ކަމަށް މީގެ ކުރިން ބޮލީވުޑްގެ ހަބަރުުތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. މި ފިލްމުގައި ސަލްމާން ޚާން އާއެކު، އަނިލް ކަޕޫރު، ފަރްދީން ޚާން އާއި ބިޕާޝާ ބާސޫ އަދި ލާރާ ދައްތާ ލީޑުން ފެނުނެވެ. މި ފިލްމަކީ