ހަބަރު

ބަހާއި އަދަބިއްޔާތުގެ ފޯރަމް މާދަމާ

ބަހާއި އަދަބިއްޔާތުގެ ދާއިރާގެ ފަރާތްތަކަށް ފޯރަމެއް ބާއްވަން މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖުން ނިންމައިފި އެވެ.

މާދަމާ ރޭ ބާއްވާ މި ފޯރަމަކީ ލިޔުންތެރިކަމުގެ ދާއިރާގެ މިހާރުގެ ހާލަތު ދެނެގަނެ، މި ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހިޔާލު ހޯދުމަށް، ބާއްވާ ފޯރަމެކެވެ.

މި ފޯރަމުގައި ބައިވެރިވުމަށް ޅެންވެރިންނާއި، ލިޔުންތެރިންނާއި، ވާހަކަ ދެއްކުންތެރީންނަށް ވަނީ ދައުވަތު އަރުވާފަ އެވެ. މި ފޯރަމް ބުރާސްފަތި ދުވަހުގެ ރޭ އޮންނާނީ 8:45 ގައި ނޭޝަނަލް އާޓް ގެލަރީގަ އެވެ.

ދިވެހި ބަހާއި ސަގާގަތާއި ދިވެހި ފަންނުވެރިންނަށް ދިމާވާ މައްސަލަތައް ދެނެގަނެ ކަންކަމަށް ހައްލު ގެނައުމަށް ހެރިޓޭޖް މިނިސްޓްރީން އަންނަނީ އާޓްގެ ދާއިރާއާ ގުޅުންހުރި ފޯރަމްތައް ބާއްވަމުންނެވެ.