ވިޔަފާރި

ގޯލްޑް 100 ގޯލްޑް ޕާޓްނަރަކަށް އެމްސެވަން

އެންމެ ކުރިއަރާފައިވާ ރާއްޖޭގެ ކުންފުނިތައް ހޮވަން ބާއްވާ "ގޯލްޑް 100" އިވެންޓުގެ ގޯލްޑް ޕާޓްނަރަށް އެމްސެވަން ހަމަ ޖައްސަައިފި އެވެ.

ކޯޕަރޭޓް މޯލްޑިވްސް އިން އެކުލަވާލާ "ގޯލްޑް 100" ގެ އިވެންޓުގެ ގޯލްޑް ޕާޓްނަރަކަށް ހަމަޖެއްސި އެމްސެވަންއަކީ 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޕްރިންޓިންގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން ގެންދާ ކުންފުންޏެކެވެ.

ގޯލްޑް 100 އިވެންޓަކީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ކުންފުނީގެ ލިސްޓެއް އެކުލަވާލައިދޭ ހާއްސަ އެވޯޑެކެވެ. މި ހާއްސަ އެވޯޑުދެމުން އަންނަތާ ތިން އަހަރުވީއިރު އެވޯޑު ދެނީ އެ ކަމަށް ކުރިމަތިލާ ކުންފުނިތައް މިނިވަން އޮޑިޓް ފާމް އަކުންނެވެ.

މި އިވެންޓަކީ ރާއްޖޭގެ ވިޔަފާރީގައި ކުންފުނީގެ ލިސްޓެއް އެކުލަވާލައި އެވޯޑެއް ދޭން ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މިހާރު ގޯލްޑް 100 ވެގެން ގޮސްފައިވަނީ ވިޔަފާރިތައް ވަރަށް ބޮޑަށް ސަމާލުކަމެއް ދޭ އެއް އެވޯޑަށެވެ. މި އަހަރުގެ ގޯލްޑް 100 ގާލާ އިވެންޓު އޮތީ މިމަހުގެ 23 ވަނަ ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓުގަ އެވެ.