ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ޑޮކްޓަރު ޗުއްޓީއަށް ދިއުމުން ވެޓް ކްލިނިކް ބަންދު

އެގްރިކަލްޗަރު މިނިސްޓްރީން ވިލިމާލޭގައި ހުޅުވި ވެޓް ކްލިނިކްގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ ވެޓް ކްލިނިކްގެ ހިދުމަތް ވަގުތީ ގޮތުން މެދު ކަނޑާލަން ޖެހުނީ ކްލިނިކްގައި މަސައްކަތް ކުރަމުން އައި ވެޓެރިނޭރިއަން އާއިލީ ޗުއްޓީއެއްގައި ދިޔުމުން ކަމަށެވެ. އަދި ބުނެފައި ވަނީ އަލުން އެ ހިދުމަތް ދޭން ފަށާނީ މިމަހު 24 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ވިލިމާލޭގައި ވެޓް ކްލިނިކެއް ހުޅުވައި ޖަނަވާރުންނަށް ފަރުވާދޭ ފެށީ މިދިޔަ މަހު 10 ވަނަ ދުވަހު އެވެ. އެ ހިދުމަތް ފެށި އިރު ގިނަ ބަޔަކު ދިޔައީ ވެޓް ކްލިނިކެއް ރާއްޖޭގައި ނެތުމުން އެކަމުގެ ޝަކުވާ ކުރަމުން ނެވެ. އަދި އެ ދުވަސްވަރު މާލޭގައި އަނިޔާވެރި ގޮތަކަށް ބުޅާ މަރާ މައްސަލަ ތަކެއް ވެސް ފެންމަތިވި އެވެ.