ހަބަރު

ކޭލަކުނު ބަލަހައްޓާނެ ބަޔަކު ހޯދަނީ

Feb 17, 2019

މި ސަރުކާރުން ހިމާޔަތްކޮށްފައިވާ ހދ. ކޭލަކުނު ބަލަހައްޓާނެ ބަޔަކު ހޯދަން އެ އަތޮޅު ކައުންސިލުން އިއުލާންކޮށްފި އެވެ.

މި މަހުގެ 14 ވަނަ ދުވަހު އަތޮޅު ކައުންސިިލުން ކުރި އިއުލާނެއްގައި ހޯދަން އިއުލާން ކުރީ އެ ރަށަށް ވަގުތީ ބަލަހައްޓައިދޭނެ ބައެކެވެ.

މީގެ ކުރިން ކޭލަކުނުގައި ދަނޑުވެރިކަން ކޮންމެ ވެސް ވަރަކަށް ކުރި އެވެ. އެކަމަށް އެ ރަށް އޮތީ ބަޔަކަށް ދޫކޮށްފަ އެވެ. ނަމަވެސް ނިމިގެން ދިޔަ ސަރުކާރުން އެ ރަށަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާނެ ރަށެއްގެ ގޮތުގައި ކަނޑައަޅައި އެކަމަށް އިއުލާން ކުރި އެވެ.

އެކަމާ ދެކޮޅަށް ވަރަށް ގިނަ އަޑު އުފުލި އެވެ. ކޭލަކުނަކީ ގުދުރަތީ ގޮތުން ތަފާތު ސިފަތަކެއް ލިބިފައިވާ ގުދުރަތީ ގޮތުން މުއައްސަނދި ރަށެކެވެ.

ހދ. ކުޅުދުއްފުއްޓާ ކައިރީގައި އޮންނަ އެ ރަށުގައި ކުޅިފާތަކާއި ޗަސް ބިންތައް އޮވެ އެވެ. އަދި ބޮޑެތި ގަސްތައް ވެސް އެ ރަށުގައި ވަރަށް ގިނަ އެވެ. ކޭލަކުނަކީ މީގެ އެތަކެއް ޒަމާން ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެ ރަށް ފަޅުވެފައިވަނީ ބޮޑު ވިއްސާރައެއްގަ ކަމަށް ދިވެހި ތާރީހުގައިވެ އެވެ.