ހަބަރު

ރޯޔަލް އައިލެންޑްގެ ކޮޓަރިއަކުން 3200 ޑޮލަރު ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

Jul 3, 2015

ބ. އަތޮޅު ރޯޔަލް އައިލެންޑް ރިސޯޓުގެ ޓޫރިސްޓް ކޮޓަރިއެއްގައި އޮތް ދަބަހަކުން 3200 އެމެރިކާ ޑޮލަރު ވަގަށް ނެގުމުގެ ތުހުމަތަށް އެ ރިސޯޓުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.  

ފުލުހުން ބުނީ  މިދިއަ ބުދަ ދުވަހު 11:30 ހާއިރު އޭދަފުށި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ ރޯޔަލް އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ ދިވެހި ދެ މުވައްޒަފުން ކަމަށެވެ.  

އެ ދެމީހުން ހައްޔަރު ކުރުމަށްފަހު، އެމީހުން ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ ފައިސާ ހޯދަން ކުރި މަސައްކަތުން އެ ފައިސާތަކުގެ ތެރެއިން 1600 ޑޮލަރު ފެނިފައިވަނީ ރޯޔަލް އައިލެންޑް ރިސޯޓުގެ ފުޓްބޯޅަ ދަނޑުކައިރީގައި ހުރި ގަސްްތަކެއްގެ ދަށުގައި ވަޅުލާފައި ހުއްޓައެވެ. ބާކީ ހުރި ފައިސާތަކުގެ ތެރެއިން 300 ޑޮލަރާއި ވަގަށްނެގުމަށްފަހު މާރުކޮށް ދިވެހި ފައިސާއަށް ބަދަލުކޮށްފައިވާ 6290ރ. އޭގެ ތެރެއިން އެކަކު ނިދާ ކޮޓަރީގެ ތެރެއިންނެވެ.