ވިޔަފާރި

އޭޝިޔާގެ އެންމެ ރީތި "ރިސޯޓް ރެސިޑެންސް" ގެ ތެރޭގައި ރާއްޖޭގެ ސޮނޭވާ ފުށި

Jul 4, 2015

މަތީ ފަންތީގެ ޕްރޮޕަޓީތައް ގިންތިކުރާ "ޕްރޮޕަޓީ ޑޮޓްކޮމް" އިން ހޮވާ އޭޝިޔާގެ އެންމެ ރީތި "ރިސޯޓް ރެސިޑެންސް" ގެ ތެރޭގައި ރާއްޖޭގެ ސޮނޭވާ ފުށި ރިސޯޓް ހިމެނިއްޖެ އެވެ.

ޕްރޮޕަޓީ ޑޮޓްކޮމް އިން ހޮވި މި ލިސްޓުގައި ރާއްޖޭގެ ސޮނޭވާ ރިސޯޓު ހިމަނަމުން އެ ކުންފުނިން ބުނެފައިވާ ގޮތުގައި ޖާދޫއެއް ފަދަ ފުރިހަމަ މަންޒިލްގައި އޮންނަ ސޮވޭވާ ފުށި ރިސޯޓް އެންޑް ސްޕާގައި 55 ރޫމް ހުންނައިރު، މި ރިސޯޓު އޮންނަނީ ޔުނެސްކޯ އިން ރައްކާތެރި ކޮށްފައިވާ ސަރަހައްދެއްގައިކަން ފާހަގަ ކޮށްފައިވެ އެވެ. އަދި މި ރިސޯޓުގައި ގާއިމް ކޮށްފައިވާ ތިމާވެއްޓާ ރަހުމަތްތެރި ހިދުމަތްތަކަށް ތައުރީފް ކޮށްފައިވެ އެވެ.

ސޮނޭވާ ފުށީގެ އިތުރުން ދެން މި ލިސްޓުގައި ހިމެނިފައިވާ ބައެއް ރިސޯޓުތަކުގެ ތެރޭގައި ކެމްބޯޑިޔާގައި ތަރައްގީ ކުރަމުން ގެންދާ ހިތް ގައިމު ރިސޯޓެއް ކަމަށްވާ އަލީލާ ވިލާސް ކޮށް ރުސީ ރިސޯޓު ހިމެނެ އެވެ. އަންނަ އަހަރު ހުޅުވުމަށް ކަނޑައަޅާފައިވާ މި ފުރިހަމަ ރިސޯޓުގައި ހަތަރު ފަތާ ފެންގަނޑާއި ސްޕާ ފަދަ ފުރިހަމަ އެތައް ހިދުމަތްތަކެއް ހިމެނެ އެވެ. މީގެ އިތުރުން މި ލިސްޓުގައި ހިމެނިފައިވާ އަނެއް ރިސޯޓަކީ ތައިލެންޑުގެ ޕުކެޓްގައި އޮންނަ ހިތްގައިމު ރިސޯޓެއް ކަމަށްވާ އަންދްރާ ރިސޯޓް އެންޑް ވިލާ އެވެ. އަންޑަމަން ކަނޑުގެ ހިތްގައިމު މާހައުލު ފެންނަ ގޮތަށް އޮންނަ މި ރިސޯޓަކީ މަހުޖަނުންގެ މެދުގައި މަގުބޫލު ރިސޯޓެކެވެ.