ފޮޓޯ އިން ފެންނަ ބޭންޑަކީ އާދައިގެ އެއްޗެއް ނޫނެވެ. މި ބޭންޑަކީ މި ދުވަސްވަރާ ވަރަށް ގުޅުން ހުރި އެއްޗެކެޗެ. މުހިންމު ބޭންޑެކެވެ. މިއީ މަދިރި ފައްސައި ދުރަށް ފޮނުވައިލަން ބޭނުންކުރާ ބޭންޑެކެވެ. މި ބޭންޑު އެޅުމުގެ މަދިރި ކައިރިއެއް ނުވާނެ އެވެ. މި ބޭންޑު ދެކެ މަދިރި ރުޅި އާދެ އެވެ. މަދިރި ރުޅި، ރުޅި އެވެ.
މިބޭންޑުގެ މޮޅު ކަމަކީ ކޮބައި ހެއްޔެވެ؟
ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ޑެންގީ ހުމުގެ ނުރައްކާ ފެތުރި، ބަޔެއްގެ ފުރާނަ މި ބަލީގެ ޝިކާރައަކަށް ވެގެން ގޮސްފައިވާއިރު، މަދިރިން ސަލާމަތްވުމަށް ބޭނުންކުރާ އާލާތްތަކުގެ ވިޔަފާރި ވެސް މިވަނީ މެކުހަށް ޖަހާފަ އެވެ. އެގޮތުން ލޯޝަނާއި، ސްޕްރޭ އާއި ޓިޝޫގެ ވިޔަފާރި ވެސް ރަނގަޅެވެ. މި ގޮތުން މިއީވެސް މިފަދަ އާލާތެކެވެ.
އެކަމަކު، މި ބޭންޑަކީ ގިނަ ބަޔަކަށް މާ ބޮޑަށް ދަންނަ އެއްޗެއް ނޫނެވެ. މާލޭގެ ބޮޑެތި ބޭސް ފިހާރަތަކުގައި ލިބެން ހުރި މި ބޭންޑަކީ ކުޑަކުދިންނަށް ބޭނުންކުވޭ "ޗައިލްޑް ޕްރެންޑްލީ" ބޭންޑެކެވެ. އަތުކުރީގައި ވެސް ރީއްޗަކަށް އަޅާލައިގެން އުޅެވޭ މި ބޭންޑުގެ އެކި ވައްތަރުތައް ރާއްޖޭގެ ބާޒާރުގައި އެބަ ހުއްޓެވެ. މި ވައްތަރުތަކުގެ ތެރޭގައި ގުދުރަތީ ތާސީރު ހިމެނޭ ބޭންޑުތައް ހުރެ އެވެ.
މި ބޭންޑު އަތުކުރި އާއި ފައިގައި ވެސް އެޅިދާނެ އެވެ. ހާސްވާކަށް ނުޖެހެ އެވެ. މި ބޭންޑަކީ ހަފުތާއެއްހާ ދުވަހު ބޭނުން ކުރެވޭ އެއްޗެކެވެ. އަނެއްކާ ވެސް ބޭންޑުގެ އިތުރު ފަސޭހަ އެކެވެ. މި ބޭންޑަކީ ވޯޓާ ޕްރޫފް އެއްޗެކެވެ. އެހެންވެ މި އަޅައިގެން ނަމާދު ކުރުމަށް ވުޟޫ ކުރާއިރު ވެސް ހާސްވާކަށް ނުޖެހޭނެ އެވެ. ބޭންޑު އަތުކުރީގައި އޮތަސް ވަރިހަމަ އެވެ. ފެނުގެ ސަބަބުން ގެއްލުމެއް ނުވާނެ އެވެ.
ކޮންމެ އަކަށް މިއީ މި ދުވަސްވަރަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. މި ބޭންޑު އަޅައިގެން ވެސް ޑެންގޫ ހުމުން ސަލާމަތް ވެވިދާނެ އެވެ. ރައްކާވެ ތިބީޔާ ދަތުރޭ ބުނާ އުސޫލުންނެވެ.