ހަބަރު

ޖޭޕީ ޓިކެޓް ދޫކޮށް، ސައުދު މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ނިންމައިފި

Feb 20, 2019
1

ވިލިނގިލީ ދާއިރާއަށް ޖުމްހޫރީޕާޓީން ދީފައިވާ ޓިކެޓް ދޫކޮށް، މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރަން ވިލިނގިލީ ދާއިރާގެ މިހާރުގެ މެމްބަރު ސައުދު ހުސައިން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފި އެވެ.

ސައުދު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ވިލިނގިލީ ދާއިރާ އާ އުސްމިންތަކަކަށް ގެނެސްދިނުމަށް ހެޔޮ ނިޔަތުގައި ކުރާ މަސައްކަތަށް މާތްﷲގެ ހެޔޮ ރަހުމަތާއި މަދަދަށް އެދި ކުރިޔަށް އޮތް މަޖިލީސް އިންތިހާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވިލިނގިލީ ދާއިރާއަށް ވާދަ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

ސައުދު ހުސައިންއަކީ އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާކަމަށް މީގެ ކުރިން ނިންމި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރެކެވެ. ސަރުކާރުގެ އަނިޔާވެރިކަން ބޮޑުވެފައިވާ ކަމަށްބުނެ، ޕީޕީއެމްގެ ތެރެއިން ސަރުކާރާއި ދެކޮޅަށް އެންމެ ފުރަތަމަ ނިކުތް މެމްބަރުންގެ ތެރޭގައި ހިމެނޭ ސައުދު މަޖިލީހަށް ގަަވައިދާ ހިލާފަށް ވަދެފައިވާކަމަށްބުނެ، ގިނަ ދުވަސްތަކެއްވަންދެން ހައްޔަރުކޮށް، ބަންދުކޮށްގެންވެސް ގެންގުޅެފައިވެ އެވެ.

ސައުދު ކުރެއްވި ޓުވީޓް

ވިލިނގިލީ ދާއިރާގެ ޖުމްހޫރީޕާޓީގެ ޓެކެޓް ސައުދު ދޫކޮށްލި ސަބަބެއް ހާމަކޮށްފައެެއް ނުވެއެވެ. އެހެން ނަމަވެސް ސައުދުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ވަނީ ސައުދުގެ ނިންމުމަކީ ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ނިންމާފައިވާ ނިންމުމެއްކަމަށް ބުނެފަ އެވެ.