ހަބަރު

ބަދަލުތަކާއެކު ކެތޭ ޕެސިފިކްގެ އިންފްލައިޓް މެގަޒިން ނެރެފި

Jul 4, 2015

ކެތީ ޕެސިފިކް އެއާލައިންގެ އިންފްލައިޓް މެގަޒިން "ޑިސްކަވަރީ" އަށް ތަފާތު އާ ބަދަލުތައް ގެނެސް އާ ފަރުމާއާއެކު ނެރެފި އެވެ.

މިމަހު ނެރުނު މެގަޒިންއަކީ އެ ފްލައިޓްގައި ދަތުރުކުރާ ފަތުރުވެރިން ގެ ޝައުގުވެރިކަން ލިބޭނެ އަދި ތަފާތު އެކްސްޕީރިއަންސް އެއް ލިބޭނެ މެގަޒީން އެއް ކަމަށް އެ އެއާލައިނުން ބުންޏެވެ. މި މެގަޒީން ގައި ހިމެނޭ އާޓިކަލް ތަކުގައި ނަން މައްޝުރު ކެއްކުން ތެރިންގެ ރެސިޕީތަކާއި ހުނަރުވެރި އާޓިސްޓުން ކުރެހުންތައް އަދި ޕްރޮފެސަރުން ގެ ވާހަކަތަކާއި ފޮޓޯތައް ހިމެނެ އެވެ. ގިނަ މީހުން ގެ މަގުލޫބުކަން ލިބޭނެ ކަމަށް ބުނާ މި މެގަޒީންގައި މީހުން ދާހިއްވާނެ ދުނިޔޭގެ ތަފާތު ހިސާބު ތަކުގެ މައޫލުމާތުވެސް ވެއެވެ.

ކެތޭ ޕެސިފިކް ފްލައިޓް ތަކުގައި ދަތުރުކުރާ ފަތުރުވެރިންނަށް ފޭސްބުކް އަދި އިންސްޓަގްރާމްގެ ޒަރީއާއިން އެމީހުންގެ ދަތުރުގެ އަމިއްލަ ތަޖުރިބާތަކާއި ޕޮޓޯތައް ހިއްސާކޮއްލުމުގެ ފުރުސަތު ލިބެ އެވެ.

އެންމެ މަގުބޫލު  10 ފަރާތަކަށް ޑިސްކަވަރީގެ 4 ލިމިޓަޑް އެޑިޝަން ގެ ފޮތް ލިބެ އެވެ.