ހަބަރު

މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރީ ތަފާތު ގޮތަކަށް!

މި އަހަރުގެ މާދަރީ ބަހުގެ ދުވަސް ވިލިމާލޭ ޕްރީ ސްކޫލުގައި ފާހަގަ ކުރީ އެހެން އަހަރުތަކާ ތަފާތު ގޮތަކަށެވެ.

ވިލިމާލޭ ޕްރީ ސްކޫލުން މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރަން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ދިވެހި ބަހުގެ އިތުރުން ތިން ގައުމެއްގެ ބަހާއި ސަގާފަތް ދައްކުވައިދޭ ސްޓޯލްތައް ހަދައި ސްކޫލް ކުދިންނަށް ކިޔައި ދިނެވެ.

ވިލިމާލެ ޕްރީ ސްކޫލްގެ ޕީޓީއޭގެ މެމްބަރަކު ވިދާޅުވި ގޮތުގައި، ސްކޫލްތަކުން މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރަނީ ދިވެހި ބަހަށް ހާއްސަ ކޮށްގެން އެކަންޏެވެ. ނަމަވެސް، މިއީ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ދުވަހަކަށް ވުމުން ދިވެހި ބަހުގެ އިތުރުން ތިން ގައުމެއްގެ ބަހުގެ މައުލޫމާތު ދިނީ ކަމަށެވެ. އެއީ ކޮރެއާ އާއި ޗައިނާ އާއި އިންޑިއާ އެވެ.

ބައިނަލް އަގުވާމީ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

"އާއްމުކޮށް ރާއްޖޭގެ ގިނަ ސްކޫލްތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރަނީ ދިވެހި ބަހަށް އަލިއަޅުވާލައިގެން އެކަނި. އަޅުގަނޑުމެން ބޭނުންވީ މި ދުވަހަކީ ބައިނަލްއަގުވާމީ ގޮތުންވެސް ފާހަގަ ކުރާ ދުވަހަކަށް ވެފައި، އެހެން ގައުމުތަކުގެ ބަސް ވެސް ކޮންމެ ވެސް ވަަރަކަށް ކިޔައިދޭން،"