ވިޔަފާރި

މޯލްޑިވިއަން މިއަދު ދިވެހި ހެދުމުގައި!

Feb 21, 2019
7

މާލޭ މަގުމަތިން މިއަދު ފެނުނު ގައުމީ އެއާލައިންގެ ސީނިއަ މުވައްޒަފަކު ހުންނެވީ ފޭލި އަނދެ، ހުދު ގަންޖު ފަރާހެއްގަ އެވެ. ގައުމީ އެއާލައިނުން މިއަދު މި ކުރަނީ ކޮން ކަމެއް ބާވައެވެ؟

ވެގެން އުޅޭ ގޮތަކީ ބައިނަލް އަގުވާމީ މާދަރީ ބަހުގެ ދުވަސް ދިވެހި ގައުމީ އެއާލައިނުން ފާހަގަ ކުރީ އެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވިއަންގެ ހުރިހާ މުވައްޒަފުން މިއަދު ތިބީ ދިވެހި ހެދުމުގަ އެވެ.

"އަޅުގަނޑުމެން މިއީ ގައުމީ އެއާލައިން އެހެންވެ، ޓެކްނިކަލް މުވައްޒަފުން ނޫން ހުރިހާ މުވައްޒަފުން މި ތިބީ ދިވެހި ހެދުމުގައި،" ގައުމީ އެއާލައިންގެ ސީނިއަ އޮފިޝަަލު މިއަދު ވިދާޅުވި އެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގައުމީ އެއާލައިންގެ މަތިންދާ ބޯޓުތަކުގައި ދޭ އެނައުންސްމަންޓް ވެސް ވަނީ ބަދަލު ކޮށްފަ އެވެ. ކުރިން ހަމައެކަނި ދިވެހި ބަހާއި އިނގިރޭސި ބަހުން ދެމުން ދިޔަ މި އެނައުންސްމަންޓް ރާއްޖޭގެ އެކި ހިސާބުތަކުގައި ވާހަކަ ދައްކާ ބަހުރުވައިން ވަނީ ގެނެސްދީފަ އެވެ.

މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވިއަން ސީޕްލޭންގައި ދިވެހި މަސް ދޯންޏެއްގެ މޮޑެލްއެއް ވަނީ ބަހައްޓާފަ އެވެ. އަދި އެތަނަށް ދާ ޓޫރިސްޓުންނަށް ދިވެހި ދޯނި ފަހަރުގެ ބައިތަކަށް ކިޔާ ނަންތައް ކިޔައިދިނުން ކުރިއަށް ގެންދިޔަ އެވެ.