ހަބަރު

މެންބަރު ލަތީފުގެ ދެލައްކަ ރުފިޔާގެ ގުރުއާން މުބާރާތް ފަށައިފި

Jul 4, 2015

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފު މުހައްމަދު ބާއްވާ 200،000ރ. ގުރުއާން މުބާރާތް ހއ. ދިއްދޫގައި މިއަދ ފަށައިފި އެވެ.

މިއަދުން ފެށިގެން ތިން ދުވަހަށް ކުރިޔަށްދާ މި މުބާރާތަކީ ބަލައިގެންނާއި ނުބަލާ ކިޔަވާ މުބަރާތެކެވެ. މި މުބާރާތުގައ 189 ދަރިވަރަކު ބައިވެރިވެ ކިޔަވަ އެވެ.

ކޮންމެ ގޮތްޕަކުން އެއްވަނައަށް ހޯދާ ބައިވެރިއަކަށް 100،000ރ. ދެއެވެ. މީގެ އިތުރުން ގައުމީ ގުރުއާން މުބަރާތުގައި ހއ. އަތޮޅު ތަމްސީލް ކުރި  15 ދަރިވަރަކަށް ފުރުސަތު ދީ އެ ދަރިވަރުންގެ ތެރެއިން އެއްވަނަ ހޯދާ ދަރިވަރަކަށް 15000ރ.  ދެވަނަ އަށް 10،000ރ. އަދ ތިން ވަނައަށް 5،000ރ. ދެ އެވެ.

މާލޭގައި ބާއްވާ ގުރުއާން މުބާރާތްތަކުގައި ވެސް ފަނޑިޔާރުކަން ކުރައްވާ ބޭފުޅުން ފަނޑިޔާރުކަން ކޮށްދެއްވާ މުބާރާތް ހުޅުވައި ދެއްވަމުން މެންބަރު ލަތީފު މިއަދު ވިދާޅުވީ މުބަރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އަަރު މާލޭގެ ސްކޫލްތަކަށް ވެސް ހުޅުވައިލާނެ ކަމަށެވެ.

މިދިއަ އަަރު ވެސް ލަތީފު ވަނީ އެއް ލައްކަ ރުފިޔާގެ ގުރުއާން މުބާރާތެއް ބާއްވާފަ އެވެ.

މި މުބަރާތް މި އަހަރު ފެށި އިރު ލަތީފު ދިއްދުއަށް އަމާޒުކޮށް ކުރައްވާ ހަރަދުތަކާ މެދު އެ ރަށުގެ އެމްޑީޕީގެ ދާއިރާއިން ވަނީ ސުވާލު އުފައްދާފަ އެވެ.