ހަބަރު

ޖީއެސްޓީ އާއި ޖޫރިމަނާ އަށް 154,918ރ. ދައްކަން އާޓްލައިނަށް ހުކުމްކޮށްފި

Jul 4, 2015

އާޓްލައިން ޑިޒައިން ސާވިސަސް ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީ އާއި ޖޫރިމަނާ ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ހުކުމަށްކޮށްފައި ވަނީ އާޓްލައިން ޑިޒައިން ސާވިސަސް ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީ އަދި ޖީއެސްޓީ ދައްކަންޖެހޭ ތާރީހަށް ދައްކާފައި ނުވުމުން ކޮށްފައިވާ ޖޫރިމަނާއާއި ޖީއެސްޓީ ބަޔާން ހުށަހަޅަންޖެހޭ ތާރީހަށް ބަޔާން ހުށަނޭޅުމުގެ ސަބަބުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ މީރާއަށް ދެއްކުމަށެވެ.

އާޓްލައިން ޑިޒައިން ސާވިސަސް ޕްރައިވެޓް ލިމިޓެޑުން ޓެކުހާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 154,918ރ. 2 ޖުލައި 2015 އިން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސްކުރުމަށް ހުކުމުގައި އަމުރުކޮށްފައި ވެއެވެ.