ހަބަރު

އެއާޕޯޓް ފެރީ ފުރުން ހުޅުމާލެ ފެރީ ޓާމިނަލަށް

Feb 25, 2019
1

އެއާޕޯޓަށް ދާން ފެރީތައް ފުރުން، ހުޅުމާލެ ފެރީ ޓާމިނަލް އަށް ބަދަލު ކޮށްފި އެވެ.

މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފެރީގެ ހިދުމަތްދޭ، ފެރީ އޮޕަރޭޓާސް އެސޯސިއޭޝަނުން ބުނީ ރެއިން ފެށިގެން ގެނައި މި ބަދަލާއެކު ހުޅުލެއަށްދާ ފެރީތައް ފުރާނީ ހުޅުމާލެ އަށް ދާން ފެރީތައް ފުރާ ޓާމިނަލުން ކަމަށެވެ. މީގެ ކުރިން ހުޅުލެ ފެރީތައް ފުރަނީ ކުރީގެ ނަސަންދުރަ ކުރިމަތިންނެވެ.

ހުޅުލެ ފެރީތައް ފުރާތަން ބަދަލު ކޮށްފައިވާއިރު، ފެރީގައި ހުޅުލެއަށް މިހާރު ދަނީ މަދު ބައެކެވެ. މީގެމައިގަނޑު އެއް ސަބަބަކީ "ސިނަމާލެ- ބްރިޖް" އެޅުމާއެކު ގިނަ ބަޔަކު އެއްގަމު މަގުން އެއާޕޯޓަށް ދާން ފެށުމެވެ.