ހަބަރު

މިނިވަން އެގެރިމެންޓައި ސޮއިކުރި ގަލަމުގެ ރެޕްލިކާއެއް ނެރުމަކީ ވަރަށް އާދަޔާހިލާފު ކަމެއް: ސައްތާރު

Jul 5, 2015

މިނިވަން ކަމުގެ އެގެރީމެންޓްގައި ސޮއި ކުރި ގަލަމުގެ ނަމޫނާ ގަލަމެއް އާންމު ކުރުމަކީ ވަރަށް އުފާވެރި އާދަޔާހިލާފު ކަމެއް ކަމށާއި އަބްދުއް ސައްތާރު މޫސާދީދީ ވިދާޅުވެއްޖެ އެވެ. 

އަމިއްލަ ފަރާތެއް ކަމަށްވާ އަލީ ހާލިދު މިނިވަން ފަންސާހާ ގުޅުވައި "މިނިވަން ގަލަން" އެ ނަމުގައި ނެރުނު ރެޕްލިކާ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވަމުން ނިޝާން އިއްޒުއްދީނުގެ ވެރިޔާ ސާހިބުއް ސައާދާ އަބްދުއް ސައްތާރު މޫސާދީދީ މިއަދު ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރެން 21 ދުވަހަށްވެފައިވާއިރު މިނިވަން ފަންސާސް ފާހަގަ ކުރުމަށް އެތައް ކަމެއް އެތައް ގޮތަކުން ރޭވި ހިނގަމުން އެބަދާ ކަމަށާއި ނަމަވެސް މިނިވަން ކަމަށް 50 އަހަރު ފުރޭ އިރު އެ މިނިވަންކަން ހޯއްދަވައިދެއްވި އޭރުގެ ބޮޑު ވަޒީރު އަދި ފަހުން ރައީސުލް ޖުމްހޫރިއްޔާ، އިބްރާހިމް ނާސިރު މިިނވަން ކަމުގެ އެގްރިމެންޓްގައި ސޮއި ކުރެއްވި ގަލަމުގެ ރެޕްލިކާލާއެއް ނެރުމަކީ ވަރަށް އާދަޔާހިލާފު ކަމެއް ކަމަށެވެ. އަދި ލިބޭ ބޮޑު އުފަލެއް ކަމަށެވެ. 

"އެ ގަލަމުގެ ރެޕްލިކާއެއް، ކޮޕީއެއް ނުވަތަ އެއާ ވަރަށް އެއްގޮތް ގޮތަކަށް ތައްޔާރުކޮށް އާންމުންގެ ތެރެއަށް ނެރުމުގެ ހިޔާލަކީ މާ ގިނަ މީހުން ކޮށްފައިވާ ހިޔާލެއް ނޫން. މިހެންދަންނަވާއިރު މިހާތަނަށް އެ ހިޔާލު ކުރައްވާފައި އޮތީވެސް އަލީހާލިދު އެކަނިހެން ހީވަނީ." 

ސައްތާރު ވިދާޅުވީ އެމަނިކުފާނަށް އެނގިވަޑައިގެންފައިވާ ގޮތުގައި އަލީ ހާލިދު އެހިޔާލު ކުރެއްވީ ހަތަރު ވަރަކަށް އަހަރު ކުރިން އެގަލަމާއެކު އެމަނިކުފާނާއި ކަރަންކާ އިބްރާހިމް ރަޝީދު ދެއްވި އިންޓަވިއު އެއް ފެނި ވަޑައިގެން ފޮޓޯތައް ބަލައްވައި، އެހެން ނަމަވެސް އަސްލު ގަލަށް ދެކެވަޑައި ނުގެން ކަމަށެވެ. 

"މިވަން ފަންސާހާ ގުޅިގެން މިއީ ކުރެވޭ ވަރަށް އާދާހިލާފު ކަމެއް އަލީ ހާލިދު އެ ކުރެއްވީ،" 

ސައްތާރު ވިދާޅުވީ އެމަކިފާނަށް ގަލަން ނާސިރު ހަދިޔާ ކުރެއްވި ގޮތުގެ ތަފުސީލު މިހާރު ބޭނުން ނުވާ ކަމަށާއި އެކަން 50 އަހަރުގެ މާޒީއާ އެކުވެގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް ވެ ވަޑައިގެންނެވި އެންމެ ފުރިހަމައަށް އަމާނާތްތެރި ކަމާއެކު ގަލަން ރައްކާތެރި ކަމާއެކު ބެލެހެއްޓުމުގެ މަސައްކަތް އަބަދު ކުރައްވާ ކަމަށެވެ. 

"އެއީ ޕާސަނަލް ގޮތުން ނާސިރު އަޅުގަނޑަށް ދެއްވި ހަދިޔާއެއް ކަމަށް އަޅުގަނޑު ދެކެނީ. އެ ގަލަމަކީ އެމަނިކުފާނުގެ އަމިއްލަފުޅު، އަދި އަމިއްލަފުޅަށް ބޭނުން ކުރައްވާ ވެސް ގަލަން." 

މި ރަސްމިއްޔާތުގައި  ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އަލީ ހާލިދު މިނިވަން ފަންސާހާ ގުޅުވައިގެން  ނެރުއްވި "މިނިވަން" ގަލަމަކީ ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށާއި މިނިވަން ކަމުގެ އެގްރިމެންޓްގައި ސޮއި ކުރި ގަލަން އަބްދުއް ސައްތާރު މޫސާދީދީ ރައްކާތެރި ކަމާއެކު ބަލަހައްޓަވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. އެކަމުގައި އެހީއަކަށް ބޭނުންފުުވެ ވަޑައިގެންފިނަމަ އެ އެހީ ސަރުކާރުން ދެއްވާނެ ކަމަށެވެ. 

މިނިވަން ކަމުގެ އެގްރިމެންޓްގައި ސޮއި ކުރި ގަލަން އެހެން ދެ ހާދިސާއަކުން ވެސް ވަނީ ހާއްސަވެ ތާރީހުގެ ތެރެއަށް ވަދެފައެވެ. އެއީ އިނގިރޭސި ރާނީ ކްއީލް އެލިޒެބަރު ދޭއް، ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އިތްޒަތްތެރިން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރެއްވުމަށް ބޭނުން ކުރެއްވީ ވެސް އެ ގަަލަމެވެ. އަދި ސްރީލަންކާގެ ބޮޑު ވަޒީރު ސްރީމާވޯ ބަންޑާރަ ނައިކަ ރާއްޖެ ވަޑައިގެން މެހުމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރެއްވީ ވެސް އެ ގަލަމުންނެވެ.