ހަބަރު

ފްރީޒް ކުރި ވިލާގެ އެކައުންޓްތައް ދޫކޮށްލައިފި

Jul 5, 2015

ފްރީޒްކޮށްފައިވާ ވިލާ ގްރޫޕްގެ އެކައުންޓްތައް ދޫކޮށްލައިފި އެވެ.

ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ފްރީޒް ކުރީ، ވިލާ ޝިޕިން އާއި ވިލާ ހޮލިޑޭސް އާއި ގަޒީރާ ޕްރައިވެޓް ލިމިޓެޑާއި ވިލާ ހޮޓެލްސް އަދި މާނެންފުށީގައި ނަމުގައި ހުޅުވާފައިވާ އެކައުންޓްތަކެވެ.

"އެއްބަސްވުމަކަށް އާދެވުމުން މި އަންނަނީ އެކައުންޓްތައް ދޫކުރަމުން،" ފަތުހުﷲ ވިދާޅުވި އެވެ.

އެކައުންޓް ފްރީޒް ކުރުމުގެ ޕޮލިސީގައިވާ ގޮތުގައި ފްރީޒް ކުރި އެކައުންޓެއް ދޫކޮށްލެވޭނީ، އެ އެކައުންޓެއް ފްރީޒްކޮށް ފައިސާ ނެގުމަށް ފަހު ދައުލަތަށް ދައްކަން ހުރި އަދަދު ހަމަވުމުންނެވެ. ނަމަވެސް ވިލާގެ އެކައުންޓްތަކުގައި ފައިސާއެއް ނެތެވެ. ދެން އަނެއް ހާލަތަކީ، އެކައުންޓެއް ފްރީޒް ކުރިތާ 45 ދުވަސް ހަމަވުމުން އެކައުންޓްތައް ދޫކޮށްލުމެވެ.

އެހެން ނަމަވެސް އެ ކައުންޓްތައް ދޫކޮށްލީ އެހެންވެ ކަމެއް ނޭނގެ އެވެ.

ވިލާ ގްރޫޕުން ތަރައްގީ ކުރުމަށް ނަގާފައިވާ ރަށްތަކަށް ދައްކަން ސަރުކާރުން އަންގާފައި ވަނީ ޖޫރިމަނާއާ އެކު 90.4 މިލިއަން ޑޮލަރެވެ. އެ ފައިސާ އަކީ ދައްކަން ޖެހޭ އެއްޗެއް ނޫން ކަމަށް ވިލާ ގްރޫޕުން އަންނަނީ ބުނަމުންނެވެ.