ބޮލީވުޑް

"ސަންދީޕް އޯރް ފިންކީ ފަރާރް" ޖޫން މަހު ސިނަމާތަކަށް

މިދިޔަ އަހަރުގެ އޮގަސްޓު މަހު އަޅުވަން ނިންމި ފިލްމު "ސަންދީފް އޯރް ޕިންކީ ފަރާރް" އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

މި ފިލްމަކީ ދެ ފަހަރެއްގެ މަތިން ރިލީޒްކުރާ ތާރީހަށް ބަދަލު ގެނައި ފިލްމެކެވެ. ފިލްމު އަޅުވާ ތާރީހު ފަސްކޮށް ޖޫން މަހުގެ 14 ގައި އަޅުވާނެ ކަމުގެ ޔަގީންކަން މިހާރު ވަނީ ދީފަ އެވެ.
އުމްރީ ޖުވެކަރްގެ ސްކްރީންޕްލޭ އަކަށް އަދިތިޔާ ޗޯޕްރާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ލީޑު ރޯލުން ފެންނާނީ އަރުޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްރާ އެވެ.

އަރުޖުން އާއި ޕަރިނީތީގެ ޖޯޑު އެކުގައި ވަނީ ކާމިޔާބު ފިލްމުތަކުން ފެނިފަ އެވެ. އެގޮތުން، މި ޖޯޑު އެކުގައި ކުޅުނު ފުރަތަމަ ފިލްމު ވެގެން ދިޔައީ ދެ ތަރިންގެވެސް ކެރިއާ ބަދަލުކޮށްލި ފިލްމަކަށެވެ. ފިލްމު "އިޝަގްޒާދޭ" އިން ބޮލީވުޑްއަށް ނިކުތް މި ޖޯޑު އަދިވެސް ސްކްރީނުގައި ވަރަށް މަގުބޫލެވެ. އެދެތަރިން އެކުގައި އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ރިލީޒް ކުރި "ނަމަސްތޭ އިންގްލެންޑް" އިންނެވެ.

އަރުޖުންގެ ފިލްމުތަކެއް ކުރިއަށް ރިލީޒްވާން ހުރި އިރު ޕަރްނީތީގެ ވެސް ފިލްމުތަކެއް ތާވަލު ކޮށްފައި އެބަހުރި އެވެ.
އަކްޝޭ އާއެކު ޕަރިނީތީ ކުޅެފައިވާ ފިލްމު "ކޭސަރީ އަންނަ މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން، އޭނާ އަށް ވަނީ "ގާލް އޮން ދަ ޓްރެއިން"ގެ ހިންދީ ރިމޭކްގެ ލީޑު ރޯލުވެސް ހުށަހަޅާފަ އެވެ.

"ސަންދީފް އޯރް ޕިންކީ ފަރާރް" ފިލްމު އަންނަ ޖޫން މަހަށް ތާވަލު ކޮށް މި ހަބަރު އިއުލާން ކުރުމާއެކު މި ފިލްމަސް އިންތިޒާރު ކުރަމުންދާ ފަރާތްތަކުން ބުނަނީ މިއީ ހަމަ ފައިނަލް ތާރީހު ހެއްޔެވެ.