ހަބަރު

ހުޅުމާލޭގައި ހިނގި އެކްސިޓެންޑެއްގައި ޒުވާނަކު މަރުވެއްޖެ

Jul 5, 2015

ފުލުހުންނަށް ފިލަން ވެގެން ހުޅުމާލޭގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކާރެއްގައި ޖެހި އެކްސިޑެންޓްވެ، ސައިކަލް ދުއްވި ޒުވާނާ މަރުވެއްޖެ އެވެ.

މަރުވެފައި ވަނީ ސައިކަލް ދުއްވަން އިން 22 އަހަރުގެ ޒުވާނެއް ކަމަށް ފުލުހުން ބުންޏެވެ. އޭނާ މަރުވެފައި ވަނީ ހުޅުމާލެ ވަގުތީ މިސްކިތް ކައިރިން ދުއްވާފައި އައި ކާރެއްގައި ސައިކަލް ޖެހުނު ވަގުތު އޭނާ ބުރައިގެން ގޮސް ބޮލަށް ލިބުނު އަނިޔާތަކެއްގައި ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ. އެ މީހުން ބުނި ގޮތުގައި އޭނާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހެޔެއް ނެތެވެ. އޭނާ ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށްވެ އެވެ. އަދި އެސައިކަލްގައި ދެން އިން ޒުވާނާގެ ފައި ބިންދައިގެން ގޮސް އޭނާއަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ކާރު ދުއްވަން އިން މީހާއަށް ގެއްލުމެއް ނުލިބެ އެވެ. ނަމަވެސް ސައިކަލުން ޖެހި ކާރުގެ ވިންޑްޝީލްޑް ތަޅައިގެން ގޮސް، ކާރުގެ އެއްފަޅި ވަނީ ބަޑިބަޑިވެފަ އެވެ.

ފުލުހުން އެ ސައިކަލް ހިފަހައްޓަން މަސައްކަތް ކުރީ، އެ ސައިކަލްގައި ތިބި ޒުވާނުންގެ އަތުގައި ބަގުރަލާއި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވިގެން ޗެކް ކުރުމަށެވެ.