ހަބަރު

މޮބައިލް ބޭންކިން އެޕެއް ބީއެމްއެލް އިން ތައާރަފުކޮށްފި

Jul 5, 2015

ރާއްޖޭގައި އޮޕަރޭޓް ކުރާ ބޭންކަކުން މޯބައިލް ބޭންކިންއަށް ހާއްސަކޮށް ނެރުނު ފުރަތަމަ އެޕްލިކޭޝަން ބީއެމްއެލް އިން މިރޭ ލޯންޗްކޮށްފި އެވެ.

އެ ބޭންކުން ސީހައުސް ރެސްޓޯރަންޓްގައި މިރޭ ބޭއްވި ހަފްލާއެއްގައި އެޕްލިކޭޝަން ލޯންޗްކޮށްދެއްވީ އެ ބޭންކްގެ ސީއީއޯ އަދި އެމްޑީ އެންޑްރޫ ޖޭ ހީލީ އެވެ.

އެ ހަލްފާގައި ބޭންކްގެ ސީއީއޯ ހީލީ ވިދާޅުވީ، ބީއެމްއެލްގެ ބޭނުމަކީ ރާއްޖޭގެ ކޮންމެ ސަރަހެއްދައި ވެސް އުޅޭ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ބޭންކްގެ ހިދުމަތްތައް ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ. އަދި މޯބައިލް ބޭންކިންގެ ހިދުމަތުގެ ސަބަބުން، ކަސްޓަމަރުންގެ ދިރިއުޅުން ފަސޭހަވެ، ލުއި ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ކޮންމެ ވަގުތެއްގައި ކޮންމެ ހިދެއްގައި މި މޯބައިލް ދުނިޔޭގެ ބީއެމްއެލްގެ ހިދުމަތް ވެސް ހޯދުމަށް އެޅުނު ފިޔަވަޅެއް. ބީއެމްއެލްގެ ހިދުމަތްތައް މިއަދު މި ގެނެވުނީ އިނގިލީގެ ކުރިއަށް،" ހީލީ ވިދާޅުވި އެވެ.